25 Oct 2017, 14:38
އުފާވެރި ދިރިއުޅުމެއްގެ ސިއްރަކީ ކޮބައިކަމާ ބެހޭ ގޮތުން މަޝްހޫރު ތިއޮރެޓިކަލް ފިޒިސިސްޓް އަލްބަޓް އައިންސްޓައިން ލިޔެފައިވާ ދެ ނޯޓެއް ގުދުސްގައި އޮތް ނީލަމެއްގައި 1.56 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.
އެދެ ނޯޓަކީ އައިންސްޓައިންއަށް ފިޒިކްސްއިން ނޮބެލް އިނާމު ލިބުނު ފަހުން 1922 ވަނަ އަހަރު ޖަޕާނުގައި ހުއްޓާ ލިޔުނު ނޯޓުތަކެކެވެ. ޓޯކިޔޯގައި ލެކްޗާއެއް ދޭން ގޮސް ހުރި އައިންސްޓައިން އެނޯޓު ލިޔުނީ އޭނާއަށް މެއިލް ގެންގޮސްދިން މީހަކަށް ދޭނެ ލާރިއެއް ނެތުމުންނެވެ.

އަލްބަޓް އައިންސްޓައިން އެނޯޓުތައް ލިޔުނީ ނޮބެލް އިނާމު ލިބުނު ފަހުން -- ފޮޓޯ: ގެޓީ
އައިންސްޓައިން އޭރު ހުރި އިމްޕީރިއަލް ހޮޓެލް ޓޯކިޔޯގެ ގަނޑެއްގައި އޭނާ ޖަރުމަނު ބަހުން ލިޔެފައި ވަނީ "ކާމިޔާބީގެ ފަހަތުން ދުވެ، އޭގެ ސަބަބުން އަރާމެއް ނެތް ދިރިއުޅުމެއް އުޅުމަށް ވުރެ، ހަމަހިމޭން އަދި ހިތްތިރި ދިރިއުޅުމަކުން ލިބޭ އުފާ މާ ބޮޑު ވާނެ" ކަމަށެވެ. އަދި ދެވަނަ ނޯޓުގައި ލިިޔެފައި ވަނީ ކަމެއް ކުރަން ގަސްތުކޮށްފި ނަމަ، ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމަށެވެ. އައިންސްޓައިން ސޮއިކޮށްފައިވާ އެނޯޓު ވިކިފައި ވަނީ 240،000 ޑޮލަރަށެވެ.
އެނޯޓުތައް ގަތް ފަރާތްތަކުގެ ނަން ހާމަކޮށްފައި ނުވާ އިރު، އެނޯޓުތައް ވިއްކާފައި ވަނީ އައިންސްޓައިން ނޯޓުތައް ލިޔެދިން މީހާއަށް ބޮޑު ބޭބެ ކިޔާ މީހެކެވެ. (ބީބީސީ)