ކުދި އަދި މެދުފަންތީ(އެސްއެމްއީ)ގެ ވިޔަފާރިއާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ އެ ވޯކްޝޮޕަކީ އެއް ދުވަހު މުއްދަތަކަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

ޝީ ބިލްޑިންގްގައި މިއަދު ފެށި އެ ވޯކްޝަޕަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަށް ގެންދިޔުމަށް ވިޔަފާރި ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ވޯކްޝޮޕެކެވެ.

އެފްޖޭއެސް އިން ބުނީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ވޯކްޝަޕުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ގުޅޭ ގޮތުން ތަފާތުން މައުލޫމާތުތައް ލިބިގެން ދާނެ ކަމަށެވެ. އެސްއެމްއީގެ ވިޔަފާރީގެ ކުރިމަގު އޮންނާނެ ގޮތާއި ރަނގަޅު ސްޓްރެޓަޖީއެއް ހެދުމަކީ ވޯކްޝޮޕްގެ އެންމެ ބޮޑު އެއް ބޭނުން ކަން އެފްޖޭއެސް އިން ބުންޏެވެ.

"އޭގެ އިތުރުން ރާއްޖޭގައި އެސްއެމްއީގެ ކުރިމަގުގައި ކޮންކޮން ޕޮލިސީތަކެއްތޯ ކަނޑައެޅުން. އެމްއެމްއީގެ ވިޔަފާރިތައް ކުރިއަށްދާ އިރު ހެދޭ ގޯސްތަކަކީ ކޮބައިކަން ބަލާލެވޭނެ. އެ ރަނގަޅުކޮށް ވިޔަފާރި ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކަށް އަލިއަޅުވާލެވޭނެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ 100 މުވައްޒަފުންނަށް ވުރެ މަދުން ހަރަކާތްތެރިވާ ވިޔަފާރިތައް." އެފްޖޭއެސް އިން ބުންޏެވެ.