25 Oct 2017, 15:57
ރިޔާޒު( 25 އޮކްޓޫބަރު) -- މިސްރާއި އުރުދުންގެ ބޯޑަރު ސަރަހައްދުގައި 550 ބިލިއަން ޑޮލަރުގެ ހައި ޓެކް މެގަ ސިޓީއެއް ސައުދީން ގާއިމުކުރަމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
އިއާދަ ކުރެވޭ ހަކަތަ މުޅިން ބޭނުން ކުރުމަށް ހަމޖެހިފައިވާ އެ ސިޓީއަށް ސައުދީން ވަނީ "ނިއޯމް"ގެ ނަމުން ނަން ދީފަ އެވެ. ސައްބީސް ހާސް ފަސްސަތޭކަ އަކަކިލޯ މީޓަރުގެ ސަރަހައްދުގައި ބިނާ ކުރާ އެ ސިޓީ އެމެރިކާގެ ނިއު ޔޯކް ސިޓީއަށް ވުރެ 33 ގުނަ ބޮޑެވެ.
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ އެ ސީޓީގައި ފެނާއި ހަކަތައާއި ކާނާގެ އިތުރުން ބަޔޯޓެކްނޮލޮޖީގެ އިންޑަސްޓްރީތައް ގާއިމުކުރެވޭނެ އެވެ.
"The difference between now and what we aspire for#NEOMis like the difference between these two phones." - HRH Crown Prince#discoverneompic.twitter.com/DskZMdnyQQ
— NEOM (@discoverneom)October 24, 2017
ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާ (ޕީއައިޕީ) ސައުދީ ސަރުކާރުން ހަރަދުކޮށްގެން ގެންދާ އެ ބިޔަ މަޝްރޫއުއަށް އެ ގައުމުގެ އިންވެސްޓަރުންގެ އިތުރުން ބޭރުގެ އިންވެސްޓަރުން ވެސް ވަނީ އިންވެސްޓުކޮށްފަ އެވެ.
އިރާއި ވައިގެ ހަކަތަ ހަމައެކަނި ބޭނުންކުރުމަށް ހަމަޖެހިފައިވާ އެ ސިޓީ ނިމުމުން އެ ސަރަހައްދަކީ އޭޝިއާ، ޔޫރަޕް އަދި އެފްރިކާ ބައްރާ ދުނިޔެ ގުޅުވައިދޭ ދުނިޔޭގެ ވިޔަފާރީގެ ބޮޑު ޒޯން އަަކަށް ވެގެން ދާނެ ކަމަށް ޕީއައިޕީން ބުންޏެވެ.
ޕީއައިޕީން ބުނީ އެ ސިޓީގެ ގައުމީ އުފެއްދުން ތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކަކަށް ވުރެ ބޮޑުވާނެ އެވެ.
މައުލޫމާތު-- ރަޝިޔާ ޓްޑޭ