މި އަހަރުގެ ފިތުރު ޒަކާތް އިސްލާމިކް މިނިސްޓްރީން މިއަދު ބަލައިގަންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ ޒަކާތް ބަލައިގަންނަން މިއަދު ފެށިއިރު 472 މީހުން މިއަދު ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި ފައިސާގެ ގޮތުގައި 18215ރ. ލިބިފައިވާ ކަމަށް ވެސް އަހުމަދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްއެމްއެސް އާއި އޮންލައިން މެދުވެރިކޮށް މިއަދު ޒަކާތް ދެއްކީ ކިތައް މީހުން ކަން ޒަކާތް ދެއްކި މީހުން ކަން ނޭނގޭ ކަމަށާއި ހުޅުމާލެ އިން ޒަކާތް ދެއްކި މީހުންގެ އަދަދު ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު މާދަމާ އެނގޭނެ ކަމަށެވެ.

ޒަކާތުފައިސާ ބޭނުން ވެގެން މިއަދު ވަނީ 308 މީހަކު އިސްލާމިކް މިނިސްޓްރީގައި ނަންނޯޓު ކޮށްފަ އެވެ.

އެންމެ ފަހު ވަގުތަށް ޒަކާތް ދެއްކުމަށް މަޑުނުކޮށް ވީހާވެސް އަވަހަށް ޒަކާތް ދައްކައި ނިންމުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.