އަންނަ ބުރާސްފަތި ދުވަހު ސީޝެލްސަގއި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމް ރޭ އިޢުލާންކޮށްފި އެވެ. ޓީމްގައި ހިމެނެނީ ފަސް އެތުލީޓުންނާއި މެނޭޖަރާއި ކޯޗެކެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ މެމްބަރުންނާއެކު ރޭ ބޭއްވި ތަރާވީހެއްގައި މުބާރާތަށްދާ ޓީމް ތަޢާރަފް ކޮށްދެއްވީ، އެ އެސޯސިއޭޝަންގެ ގައުމީ ކޯޗް މުޙައްމަދު ޢާމިރު އެވެ.

ޓީމްގައި ހިމެނޭ އެތުލީޓުންނާއި އޮފިޝަލުންނަކީ:

1 އަޙްމަދު ޝަޤީފް )މެނޭޖަރ(
2 އަޙްމަދު ޢަޒީލް )ކޯޗް(
އެތުލީޓުން

3 ޙަސަން ސާޢިދު 100މ ދުވުން، 200މ ދުވުން، 100މ ރިލޭ
4 އަޒްނީމް އަޙްމަދު 100މ ދުވުން، 200މ ދުވުން، 100މ ރިލޭ
5 ސަމީޙް މުޙައްމަދު 400މ ދުވުން، 100މ ރިލޭ
6 ޢަލީ ވިފާޤް ޙަސަން 100މ ރިލޭ
7 އިސްމާޢީލް ޝަނީމް 400މ ދުވުން، 100މ ރިލޭ

މުބާރާތަށް ދިޔުމުގެކުރިން މުބާރާތުގައި ވާދަކުރާ ޓީމް ވަނީ މެލޭޝިއާގައި ދެ މަސްދުވަހުގެ ތަމްރީން ފުރިހަމަ ކޮށްފައެވެ. އަދި މިތަމްރީން ތަކުގައި ޓީމްގެ ވަނީ ރަގަޅު ކުރިއެރުންތަކެއްވެސް ހޯދާފައި ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ.