25 Oct 2017, 12:36
ބޮލީބުޑްގެ ފިލްމުތަކުގައި އެންމެ މަގުބޫލު ޖޯޑުން ކަމަށްވާ، ކާޖޮލް އާއި ޝާހްރުކްހާން އަތް އަހަރަށްފަހު، ކަރަން ޖޯހަރުގެ ފިލްމެއް ކުޅެން އެއްބަސްވެއްޖެ އެވެ.
ދާދި ފަހުން ކާޖޮލް އާއި ކަރަންއާ ދެމެދު ދުވަސްކޮޅެއް ހޭދަވިއެވެ. ނަމަވެސް އެކަން މިހާރު ވަނީ ހައްލުވެފަ އެވެ. ކަރަން އުފައްދާ ފިލްމުގައި ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު ކަމަށްވާ ކާޖޮލާއި ޝާހްރުކް ޚާން އުޅޭނެކަން ޔަގީންވުމުން، އެ ދެ ތަރިންގެ ފޭނުންނަށް ލިބުނީ އުފާވެރި ހަބަރެކެވެ.
ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ ކަރަން ޕްރޮޑިއުސް ކުރާ، އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ފިލްމް "ބުރަހްމަސްތުރާ"ގެ ޝޫޓިން ނިމުމަށްފަހުގައި ކަމަށް ކަރަން ބުންޏެވެ.
ކަރަން ބުނީ ފިލްމުގައި ކާޖޮލް އާއި ޝާހްރުކްގެ އިތުރުން ދެން ފެނިގެން ދާނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކަމަށެވެ.
ޝާހުރާއި ކާޖޮލްގެ އެކުގައި އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް ރޯހިތު ޝެޓީގެ "ދިލްވާލޭ" އިންނެވެ. އެ ފިލްމް ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.