މިވަގުތު ބޮސްކް އޮފީސްގައި އެންމެ ވާދަވެރިކޮށް އަންނަ ދެ ފިލްމަކީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ގޯލްމާލް އަގެއިން" އާއި ވަރުން ދަވަންގެ "ޖުޅްވާ2" އެވެ.

ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް އެ ދުވަހު އެކަނިވެސް ވަނީ 30.14 ކްރޯޑު ވަނީ ލިބިފައެވެ. "ގޯލްމާލް" ފްރެންޗައިސްގެ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެކެވެ. "ގޯލްމާލް އެގެއިން" އަކީ މި ފްރެންޗައިސްގެ ހަތަރު ވަނަ ފިލްމެވެ.

ކޮމެޑީ ސީރީޒް "ގޯލްމާލް"ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2006 ވަނަ އަހަރު އެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން ޓްރޭޑް އެކްސްޕާޓުން ލަފާ ކޮށްފައިވަނީ ފުރަތަމަ ދުވަހު 22 ކްރޯޑު (2.2 ބިލިއަން ރުޕީސް) ވަރު މި ފިލްމަށް ލިބޭނެ ކަމަށެވެ. ހަފުތާ ބަންދު ނިމޭއިރު ފިލްމަށް 100 ކްރޯޑު (10 ބިލިއަން ރުޕީސް) ލިބޭނެ ކަމަށް ލަފާ ކުރާކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމުގައި ހަރަކާތްތެރިވާނެ ތަރިންނަކީ އަޖޭ ދޭވްގަން، ޕަރިނިތީ ޗޯޕްރާ، ކުނާލް ކޭމޫ، އަރްޝަދު ވާރްސީ، ޝްރެޔަސް ތަޅްޕަޅޭ އަދި ތުޝާރު ކަޕޫރެވެ.