24 Oct 2017, 18:05
އއ. ރަސްދޫގައި މީހެއްގެ މަހާނައަށް ސިހުރު ހެދިކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަަން " ސަން" އަށް އެނގިއްޖެއެވެ.
މިއަދު ވަނީ އެ މަހާނަ މަތީގައި ސްޓީލް ކުރައެއް ފާޑު އެއްޗެއް ބަހައްޓާފައި ހުރި ތަން ފެންނަ ފޮޓޯ އެއް އާންމުވެފައެވެ.
އެ ފޮޓޯއާ ގުޅިގެން ރަސްދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ސިމާއު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ކައުންސިލަށް އެފަދަ ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ސިމާއު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން ފުލުހުން އެ ރަށު ގަބުރުސްތާނުގައި ހަރަކާތްތެރިވި ކަމަށާއި މިހާރު ކުރިއަށްދަނީ ގަބުރުސްތާނު ސާފު ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވީ ސީދާ އެކަން ހިނގީ ކިހިނެތްކަން ބުނަން ނޭނގޭ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އއ. ރަސްދޫގައި ސިހުރު ހަދާ ބޮޑު ގުރޫޕެއް އުޅޭ ކަމުގެ މައުލޫމާތު އެ ރަށު ބައެއް މީހުން ދިން ނަމަވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާއެއް ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ.