Back
Nov 23, 2025 SUN
SUN

ނަދީމް މަރާލި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ނަދީމް މަރާލި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
Lead photo

މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި ހއ. ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

އެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ. ނަދީމްގެ ގަޔަށް ވަޅިހަރައި އޭނާ މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ދެން ދައުވާ އުފުލާފައިވާ މީހުންނަކީ ލ. ގަން ވިދާތަރި އަލީ ނިފާޒު އާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ނަދީމަށް ވަޅިން ހަމަލާދިނީ ޓާމިނަލް ކެފޭ ތެރޭގައި އޭނާ ކޮފީ ބޯން އިންދަ އެވެ. އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނަދީމް މަރުވެފައި ވަނީ ދެ ދުވަސްފަހުންނެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ހެއްކި ލިބިފައިވާ ކަމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics