21 May 2010, 09:58
14:30
ކ. ކާށިދޫގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ގެންގޮސްފައި ހުންނަ ތަކެތި ބަހައްޓައިފައި ހުރި ގުދަނެއްގައި އަލިފާން ރޯވެ، ހުރިހާ ސާމާނެއް އަނދައި ހުލިވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 1:30 ހާއިރު ހިނގި މި ހާދިސާގައި ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ އާއްމުންގެ ބަޔަކާއި ފުލުހުން ގުޅިގެން ކަމަށެވެ.
އެ ހާދިސާގައި، ގުދަނުގެ ފާރުތަކާއި ފުރާޅު ވަނީ ވެއްޓިފައި ކަމަށާއި އަދި އެ ތަނުގައި ހުރި ބަނދަރުގައި ޖަހާ 12 ލައިޓާއި ތިން ރޯލު ސަޕްލައި ނަރާއި ގިނަ ޢަދަދެއްގެ ދިދަ ދަނޑިތަކެއްގެ އިތުރުން އެހެން ބައެއް ސާމާނުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.