24 Oct 2017, 12:44
އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި ހައްޖަށް މީހުން ފޮނުވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލު އަދި ހާމަކުރެވެން ނެތް ކަމަށެވެ.
މައްކާގައި ހުންނަ ދިވެހި ހައްޖު މިޝަނުން ބުނެފައި ވަނީ ހައްޖުގެ އަޅުކަމަށް ދިޔަ ދެމަފިރިއަކާއި އުމުރުން ދުވަސްވީ ދެ ފިރިހެނަކު ހާލުގައި ޖެހުނު ކަމަށެވެ. އަދި އެމީހުން ހައްޖަށް ފޮނުވާފައި ވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިނުވާ މީހަކު ކަމަށް ވެސް އެ މިޝަނުން ބުންޏެވެ.