25 Oct 2017, 08:49
ކެބެޖް އަކީ އެތައް ފައިދާއެއް ލިބިދޭ ތަރުކާރީއެކެވެ. އޭގައި ހިމެނޭ ސަލްފްރޮފެން މާއްދާގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އެންޓިއޮކްސިޑެންޓްސް އާ ދެކޮޅަށް މަސައްކަތް ކުރެއެވެ.
މީގެ އިތުރުން ކެބެޖްއަކީ އެތައް ގިނަ ސިއްހީ ފައިދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ. ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ ކެެބެޖަކީ ހަށިގަނޑުގައި އުފެދޭ ފެޓްސް އަންދައިލުމަށްވެސް އެހީއެކެވެ. އެގޮތުން ކެބެޖް ސޫޕް އަކީ ހިކެން މަސައްކަތް ކުރާ މީހުންނަށް ފަސޭހައިން ނަތީޖާ ފެންނާނެ އެއްޗެކެވެ.
ކެބެޖްގައި އެކުލެވޭ ވިޓަމިން ޑީ އަކީ ގައިގެ ހަންގަނޑު އަލިކޮށްދޭ މާއްދާއެކެވެ. ކެެބެޖް ޖޫސް ބޯނަމަ ހަންގަނޑު އަލިވެ އުޖާލާވާނެއެވެ.
މީގެ އިތުރުން ކެބެޖް އަކީ އަޔޮޑިން އެކުލެވޭ ތަރުކާރީ އަކަށް ވުމާއެކު ކެބެޖް ކާނަމަ ހަށިގަނޑުގެ މަސްތައް ވަރުގަދަވާނެއެވެ. ކަސްރަތު ކުރުމަށްފަހު ކެބެޖް ޖޫސް ބޯށެވެ. ގައިގައި ވަރުވެސް ޖެހޭނެއެވެ.
މީގެ އިތުރުންވެސް ކެބެޖް އަކީ ގިނަ އަދަދެއްގެ ފައިދާތައް އޭގައި އެކުލެވޭ ތަރުކާރީއެކެވެ. ރޭގަނޑު ކެއުމުގައި ކެބެޖް ސެލެޑް ތައްޔާރުކޮށްލައިގެން ބޭނުންކުރެވިދާނެއެވެ.