ރޯދަ މަހު ތެރޭގައި ވަތަނިއްޔާ ބްރޯޑް ބޭންޑް ޕެކޭޖުން 50 ޕަސެންޓްގެ ހިލޭ ގިގަ ބައިޓް ލިބޭނެ ކަމަށް ވަތަނިއްޔާ އިން ބުނެފި އެވެ.

ބްރޯޑް ބޭންޑް ޕޯސްޓު ޕެއިޑް ބޭނުންކުރާ ފަރާތްތަކުން އަލަށް މި ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ޕެކޭޖްގެ ހިލޭ ލިބޭ ޖީބީގެ އިތުރުން 50 ޕަސެންޓް ހިލޭ ޖީބީ މި ރޯދަ މަހު ވަތަނިއްޔާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ވަތަނިއްޔާ އިން ބުނީ ރޯދަ މަހުގެ ތެރޭ 50 ޕަސެންޓް ލިބޭ ފުރީ ޖީބީގެ އިތުރުން ހަތަރު މިނެޓް ފޯނުން ވާހަކަ ދައްކައިގެން އިތުރު ދެ މިނެޓް ހިލޭ ލިބޭނެ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ. އަދި ހުކުރު ހޮނިހިރު ދުވަހު މަދުވެގެން 50ރ. ފޯނަށް ރީޗާޖް ކުރުމުން 20 ޕަސެންޓް ކުރެޑިޓް އިތުރަށް ލިބިގެންދާނެ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.

ވަތަނިއްޔާ އިން ވަނީ ރޯދަ މަހު ވެސް 15 މިނެޓް ކުރިން ނަމާދު ވަގުތުގެ އެލާޓް ލިބޭ ޚިދުމަތަކާއި 94000 ރުފިޔާ އަގު ހުރި އިންޖީނެއް ލިބޭ މަސްރޭސް ކުއިޒް ވެސް ހިމަނައިފަ އެވެ. އަދި މި އަހަރު ވެސް ވަތަނިއްޔާގެ ރީތި ޓިއުންސް އިން މަދަހަ ލިބޭނެ ކަމަށް ވަތަނިއްޔާ އިން ބުންޏެވެ.