24 Oct 2017, 09:03
ކުރިއަރަމުން އަންނަ ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒުގެ "ބޮސް"ގެ ޕްރިމިއަރ ޝޯގެ ޓިކެޓަކަށް އެދިއެދި ތިބި ފަރާތްތަކަށް، ހިލޭ ޓިކެޓެއް ހޯދުމަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. ކޮށްލަން ޖެހެނީ ކުޑަކުޑަ މަސައްކަތެކެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ)ގެ އަސަރުގަދަ ވާހަކައަކަށް، އޭނާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާފައިވާ، "ބޮސް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 31 ވަނަ ދުވަހުއެވެ. ބޮސްގެ ޕްރިމިއަރ ޝޯގެ ޓިކެޓް މިހާރު އެއްކޮށް ވިކި، ހުސްވެފައިވާއިރު، ނަސީބުވެރި ދެ ފަރާތަކަށް އަދިވެސް ޓިކެޓެއް ހޯދުމުގެ ފުރުސަތު މިވަނީ، ބޮސްގެ ޕްރޮޑަކްޝަން ޓީމުން ހުޅުވާލައިފައެވެ.

ދިވެހި ފިލްމު ބޮސްގެ ޕްރޮޑަކްޝަން ޓީމް -- ފޮޓޯ: ފޭސްބުކް
ބޮސްގެ ފޭސްބުކް ޕޭޖްގައިވާގޮތުން، އެ ފިލްމުގެ ޕްރިމިއަރ ޝޯގެ ދެ ޓިކެޓް، ނަސީބުވެރި ފަރާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން، ފުރަތަމަ ކުރާން ޖެހޭ ކަމަކީ، ބޮސްގެ ފޭސްބުކް ޕޭޖަށް ލައިކެއް ދޭންވީއެވެ. އެއަށްފަހު ޕޭޖަށް ކޮމެންޓެއްކޮށް، ރަހްމަތްތެރިއަކު ޓެގްކުރާންވީއެވެ. ދެން، އެ ޕޯސްޓް ޝެއާކޮށްލާނީއެވެ.
ހިލޭ ދޫކޮށްލާ ދެ ޓިކެޓް ލިބޭނީ، އެންމެ ގިނަ "ލައިކްސް" ލިބޭ ކޮމެންޓް، ނުވަތަ ޕޯސްޓަކަށެވެ. އެގޮތުން، މި ފުރުސަތު ހުޅުވާލާފައި އޮންނާނީ، މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 21:00އާ ހަމައަށެވެ.

ދިވެހި ފިލްމު ބޮސްގެ ދެ ތަރީންކަމަށްވާ އައްޒަ އާއި އަޒޫ، އަދި ޑައިރެކްޓަރު ރިޝްމީ ރަމީޒް -- ފޮޓޯ: ފޭސްބުކް
މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ، ބޮސް ރިލީޒްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު، މި ފިލްމުގެ ައެވެ. އެގޮތުން، އެ ރޭ 10:00 އިން 11:00އަށްސަން ޓީވީން ލައިވްކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޚާއްސަ ޕްރޮގްރާމުގައި މިދެ ލަވަ ލޯންޗުކުރުމަށް ހަމަޖެހިފައި ވާއިރު،ބޮސްގެ ފޭސްބުކް ޕޭޖުންވެސް ލަވަތަކުގެ ލޯންޗިން ލައިވްކުރުމަށް ހަމަޖެހިފައިވާކަމަށް ޕްރޮޑިއުސަރު ނަހޫ ބުންޏެވެ. އަދި މި ޕްރޮގްރާމްގައި ބޮސްގެ ތަރީންވެސް ބައިވެރިވާނޭކަމަށްވެއެވެ.
"އެފްބީ ލައިވް ކުރިއަށް ދާއިރު، ބެލުންތެރީންނަށް ފުރުސަތު އޮންނާނެ ފިލްމާ ގުޅޭގޮތުން ފިލްމުގެ ތަރިންނާ ސުވާލުކުރަން،" ނަހޫ ބުންޏެވެ.