އެމެރިކާއަށް ވުރެ ތަލިބާނުންވެސް މާ އިހުލާސްތެރިކަމަށް ތަލިބާނުން ވަގަށް ނަގާފައި ވަނިކޮށް، އެމެރިކާއިން ސަލާމްތްކުރި އެ ގައުމުގެ އަސްކަރީ ސިފައިންގެ މީހަކު ބުނެފި އެވެ.

އެމެރިކާ ސިފައިންގެ ސާޖަންޓް ބޯ ބާގްޑަލަކީ އަފްގާނިސްތާނުގައި ގާއިމުވެ ތިބޭ އެމެރިކާ ސިފައިންގެ ޔުނިޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ބޯ ވަނީ އޭނާއާ ހަވާލުކޮށްފައިވާ ޒިންމާއިން "ރެކިގެން، ފިލާފަ" އެވެ.

އަފްގާނިސްތާނުގެ އެމެރިކާގެ އަސްކަރީ މަރުކަޒުން ބޯ ފިލީ 2014 ވަނަ އަހަރު އެވެ. އޭނާ އެތަނުން ފިލައިގެން އުޅެނިކޮށް ތަލިބާނުންގެ ހައްގާނީ ނެޓްވާކުން ވަނީ އޭނާ ވަގަށް ނަގާއިފަ އެވެ.

ބޯ ސަލާމަތްވީ، ގުއަންޓަނަމޯ ބޭގައި ހައްޔަރުކޮށްފައި ތިބި ތާލިބާނުންގެ ފަސް ހަނގުރާމަވެރިޔަކު ދޫކޮށްލުމުންނެވެ.

އޭނާ ސަލާމަތް ކުރުމަށްފަހު، އެމެރިކާއިން ވަނީ އޭނާގެ މައްޗަށް ޖިނާއީ ކުށް ކުރި ކަމުގެ ދައުވާ އުފުލާފަ އެވެ. އަސްކަރީ ޒިންމާ އަދާކުރަމުންދަނިކޮށް، އެ ޒިންމާއިން ފިލައި ގައުމަށް ގައްދާރުވިކަން އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

"އެންމެ ކުޑަމިނުން ތަލިބާނުންނަމަ އެމީހުން އަހަރެންގެ ކަރު ބުރިކޮށްލަންޏާ ރީއްޗަށް ބުނާނެ،" ސަންޑޭ ޓައިމްސްއަށް ބޯ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ބޯ ވަނީ އެމެރިކާގެ ކޯޓުތަކާމެދު އިތުބާރު އެއްވެސް ވަރަކަށް ނެތް ކަމަށް ވެސް ބުނެފަ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ބޯ މިނިވަންކުރުމަށް ތަލިބާނުންގެ ފަސް މީހަކު ދޫކޮށްލުމުގެ ސަބަބުން އޮބާމާއަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވިއެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ އިންތިހާބު ކެމްޕޭނުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ އެ ނިންމުން ވަރަށް ބޮަޑަށް ކުއްވެރިކޮށްފައެވެ.

މަސްދަރު: އޭޕީ