23 Oct 2017, 14:31
ޕިކް މޯލްޑިވްސް އިން، ދުނިޔޭގެ މަޝްހޫރު ސޯޝަލް ބްލޮގަރުންނަށް ޕިކް މޯލްޑިވްސް ފޮޓޯ ބުކް ފޮނުވުމަށް ނިންމައިފިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ފޮޓޯ ބުކް ބްލޮގަރުންނަށް ފޮނުވުމަށް ޕިކް މޯލްޑިވްސް އިން ވަނީ ޑީއެޗްއެލްއާ ހަވާލުކޮށްފައެވެ.
އެ އެއްބަސްވުމުގައި ޕިކް މޯލްޑިވްސްގެ ފަރާތުން ޕިކް މޯލްޑިވްސްގެ ފައުންޑަރު ރިއާޔަތު އަބްދުލް މަޖީދު ސޮއިކުރައްވާފައިވާ އިރު ޑީއެޗްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑީއެޗްއެލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޖިހާދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިއާޔަތު ވިދާޅުވީ، ދެ ފަރާތުން ގުޅިގެން ދުނިޔޭގެ އިންފުއެންޝަލް ޕާޓީ ތަކަށާއި މުހިއްމު ސޯޝަލް ބްލޮގަރުންނަށާއި ހޮވާލެވޭ ހާއްސަ ފަރާތްތަކަށް ޑީއެޗްއެލް މެދުވެރިކޮށް "ޕިކްޗާ ސްޓޯރީ" ބުކް ފޯރުކޮށްދޭނޭ ކަމަށެވެ.
" ދުނިޔޭގެ އެއްވަނަ ކޮރިއޯ ސާވިސް އަކީ ޑީއެޗްއެލް. މަސައްކަތް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް. މި މަސައްކަތަށް ވަރަށް ބޮޑު ވެލިއު އެއްވެސް އެޑް ވެގެން މިދިޔައީ،" އޭނާ ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ ރާއްޖެއަކީ "ޓޫރިޒަމް އޮރިއެންޓެޑް" ގައުމެއް ކަމަށާއި ޑީއެޗްއެލްގެ ރީޗް 230 ގައުމަކަށް އެބައުޅޭ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2500 މަންޒިލެވެ. އަދި އެހެންވީމާ މިކަމަކީ ޑީއެޗްއެލްއަށް ޔަގީންކަމާ އެކު ކުރެވިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު، ބާލިންގެ އައިޓީބީގައި ކަމަށް ޕިކް މޯލްޑިވްސް އިން ބުންޏެވެ.