02 Aug 2011, 11:42
މެންޗެސްޓާ ޔުނައިޓެޑްގެ އިކުއެޑޯ މިޑްފީލްޑާ އެންޓޯނިއޯ ވެލެންސިއާގެ ކޮންޓްރެކްޓް އާކޮށް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް މެންޔޫއަށް ކުޅުމަށް އެއްބަސްވެއްޖެ އެވެ.
އުމުރުން 25 އަހަރުގެ ފޯވާޑް މެންޗެސްޓާ ޔުނައުޓެޑާއިއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުން 2014-2015 ވަނަ އަހަރުގެ ސީޒަނާއި ހަމައަށް އެކްލަބަށް ކުޅޭނެއެވެ. ވެލެންސިއާ މީގެ ދެ އަހަރުކުރިން ވިގަންއިން މެންޗެސްޓާ ޔުނައިޓެޑާއި ގުޅި 69 މެޗް ކުޅެ 10 ގޯލް ކާމިޔާބުކޮށްފައިވެ އެވެ.
ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފަސް މަސްދަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ވެލެންސިއާ އަލުން ކުޅުމަށް އެނބުރި އައިސް މިދިއަ ސީޒަންގައި މޮޅުކުޅުމެއް ދައްކާ މެންޔޫއަށް ލީގު ތަށި ހޯދައިދިނުމުގައިވަނީ އިސް ދައުރެއް އަދާކޮށްދީފަ އެވެ.
"އަހަރެން އުފާކުރަން މެންޔޫގައި މަޑުކުރެވޭތީ. ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް ދެވޭތޯ މަސައްކަތްކުރާނަން. މެންޔޫއަށް އިތުރު ކާމިޔާބީތައް ހޯދައިދޭން މިހިރީ ތައްޔާރަށް." ވެލެންސިއާ ބުންޏެވެ.
ވެލެންސިއާގެ ކުޅުން ފާހަގަކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ވެސް ތަޢުރީފްކޮށްފައި ވެއެވެ: "ވެލެންސިއާ މެންޔޫއާއި ގުޅި ކްލަބަށް އެތަކެއް ފައިދާތަކެއް ހޯދައިދީފައިވޭ. އޭނާގެ ހަލުވިކަމާއި ކްރޮސްތަކުގެ ހިތްގައިމުކަމުން ޓީމަށް ވަރަށް ފައިދާވޭ. އަނިޔާއަށްފަހު އެނބުރި އައިސް ދެއްކި ކުޅުމުން ވެލެންސިއާއަކީ މޮޅު ކުޅުންތެރިއެއްކަން ހާމަވޭ." ކޯޗް ފާގަސަން ބުންޏެވެ.