23 Oct 2017, 10:12
ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ފިލްމް "ގޯލްމާލް އަގެއިން" ރިލީޒްކުރިތާ ދެދުވަސް ތެރޭގައި 58 އަށް ކުރޯޑް ހޯދައިފައިވާ ވާއިރު އަދާވިތު ޗަންދަން ޑައިރެކްޓްކޮށް ރިލީޒްކުރި ފިލްމް "ސީކްރެޓް ސުޕަސްޓާ"އަށް ތިންދުވަހުގެ ތެރޭގައި ވަނީ 22.75 ކުރޯޑް ލިބިފައެވެ.
#SecretSuperstaris EXCELLENT at major metros/multiplexes... Thu 4.80 cr, Fri 9.30 cr, Sat 8.65 cr. Total: ₹ 22.75 cr. India biz.
— taran adarsh (@taran_adarsh)October 22, 2017
އެގޮތުން މިހާރު ބޮލީވުޑްގެ ސްކްރީންތަކުގައި އެންމެ ހިނގަނީ އާމިރުގެ "ސުޕަސްޓާ" އަށް ވުރެ "ގޯލްމާލްއަގެއިން" އެވެ. އެ ފިލްމަށް ވަނީ އާމިރު އެކްޓްކޮށްފައިވާ ފިލްމަށް ވުރެ ގިނަ ކުރޯޑް މިހާތަނަށް ލިބިފައެވެ.
#GolmaalAgainis UNSTOPPABLE... Heading for a HUMONGOUS weekend... Fri 30.14 cr, Sat 28.37 cr. Total: ₹ 58.51 cr. India biz... ROCKING!
— taran adarsh (@taran_adarsh)October 22, 2017
ކޮމެޑީ ސީރީޒް ގޯލްމާލްގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2006 ވަނަ އަހަރު އެވެ. އެހެން ފިލްމުތަކާ އެއްގޮތަށް ކުރިއަށް އޮތް ފިލްމުގެ ވެސް ފިރިހެން ލީޑުން ފެނިގެން ދާނީ އަޖޭ ދޭވްގަން އެވެ. އަންހެން ލީޑުން ފެނިގެންދާނީ ޕަރިނީތީ ޗޯޕްޅާއެވެ. އޭގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާނެ އެކްޓަރުންނަކީ ކުނާލް ކޭމޫ، އަރްޝަދު ވާރްސީ، ޝްރެޔަސް ތަޅްޕަޅޭ އަދި ތުޝާރު ކަޕޫރެވެ. އެ ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. ސައުވީސް ގަޑިއިރު ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު ފުރަތަމަ ހިންދީ ފިލްމުގެ ޓްރެއިލާ އަކަށް ވެސް "ގޯލްމާލް އަގެއިން" ވަނީ ވެފައެވެ.
#GolmaalAgain- OVERSEAS - Total till Saturday, 21 Oct 2017: $ 2.32 million [₹ 15.09 cr].
— taran adarsh (@taran_adarsh)October 22, 2017
ފިލްމް "ސުޕަސްޓާ" އިން ފެނިގެންދަނީ އިންޑިއާގެ ކުޑަ އަވަށަކަށް ނިސްބަތްވާ ލަވަކިޔުންތެރި އަކަށް ވާން ބޭނުންވާ މުސްލިމް އަންހެން ކުއްޖެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މިންނެއް މަސައްކަތެވެ. ލަވަކިޔުންތެރިއަކަށް ވުމަށް ކުރި ބުރަ މަސައްކަތް އެ ފިލްމުން ދައްކުވައިދެ އެވެ. އަންހެން ކުއްޖާގެ މިއުޒިކީ ހުނަރު މުޅި ދުނިޔެއަށް އިއްވާލުމުގެ މަގްސަދުގައި އެ އަންހެން ކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދަ އެވެ. ފިލްމުގައި އަންހެން ފަންނާނުގެ ރޯލުން ފެންނާނީ ފިލްމް 'ދަންގަލް' އިން މަޝްހޫރުވެގެން ދިޔަ ޒާއިރާ އެވެ.
ކޮންމެއަކަސް އެ ދެ ފިލްމްގެ ވާދަވެރިކަން ކުރިއަށް އޮތްތާ އަދި ބޮޑުވެގެންދާނެއެވެ.