23 Oct 2017, 09:13
ރިއަލިޓީ ޝޯއެއްގައި ބައިވެރިވުމަކީ އަބަދުވެސް ދެކޭ ހުވަފެނެއްކަމަށް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ވަރުން ދަވަން ބުނެފިއެވެ.
ވަރުން ބުނީ ޝޯއެއްގެ ހޯސްޓެއްގެ ގޮތުގައި ނުވަތަ ފަނޑިޔާރެއްގެ ގޮތުގައިވެސް ޝޯގައި ބައިވެރިވުމަކީ އޭނާއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
ބޮލީވުޑްގައި މިހާރު އެންމެ ބިޒީ އެއް ފަންނާނަކީ ވަރުން ކަމާއިމެދު ޝައްކެއް ނެތެވެ. ނަމަވެސް އޭނާ ބުނީ ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ރިއަލިޓީ ޝޯވް އަކުން ޖާގަ ލިބިއްޖެނަމަ ވަގުތު ހުސްކޮށްގެން ނަމަވެސް އެ ޝޯއަށް ދާނެކަމަށެވެ.
ޓްރޭޑް އެކްސްޕާޓުން ބުނާ ގޮތުގައި ވަރުން އެކަހަލަ ޝޯއެއްގައި ބައިވެރިވުމަކީ ޝޯވެސް އިތުރަށް ފުރިހަމަވެގެންދާނެކަމަށެވެ. މަޖާ މިޒާޖެއްގެ މީހަކަށް ވެފައި ހިތް ހެޔޮކަމާއެކު މީހުންނާ ވާހަކަ ދައްކާލަން އޭނާއަށް އެއްވެސް ކަމެއް ނޫންކަމަށް އެމީހުން ބުނެއެވެ.
މިހާތަނަށް ވަރުން ކުޅުނު ނުވަ ފިލްމު ވެސް ވަނީ ބޮލީވުޑްގައި ވިދާލާފައެވެ. ބޮޑެތި ކާމިޔާބީ ތަކެއް ހޯދައިފައެވެ. އެ ގޮތުން ވަރުން އެންމެ ފަހުން ހަރަކާތްތެރިވި ފިލްމް "ޖުޅްވާ2" ވަނީ މިހާރު ބްލޮކްބަސްޓާއަކަށް ވެފައެވެ. އެ ފިލްމަށް ވަނީ 200 ކުރޯޑު ލިބިފައެވެ.