22 Oct 2017, 23:48
ސަރުކާރުން ކުރިއަށް ގެންދާ ހަކަތަ އިގްތިސާދު ކުރުމުގެ ސިޔާސަތުގެ ދަށުން، ކަރަންޓަށް ހޭދަކުރާ މިންވަރު ދަށް ކުރުމަށް އެކުލަވާލެވިފައިވާ "ފަހި އަލި ޕްރޮގްރާމް"ގެ ދަށުން ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށް ދޭ ކޮންމެ ރަށެއްގެ ގޭބިސީއަކަށް ފަސް ލެޑް ބޮކި ބެހުމަށް އެންވާރަމަންޓް މިނިސްޓްރީން ނިންމައިފި އެވެ. މިއީ އެ ޕްރޮގްރާމް ހިންގާ ތިން ވަނަ ފަހަރެވެ.
ޗައިނާ ސަރުކާރުން ލެޑް ބޮކިތަށް ދިވެހި ސަރުކާރާ ރަމްޒީ ގޮތުން ހަވާލުކުރުމަށް ޝީ ބިލްޑިންގައި މިރޭ ބޭއްވި ރަަސްމިއްޔާތުގައި ވަނީ އެ ބޮކިތައް ބެހުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
ފެހިއަލި ޕްރޮގްރާމުގް ދަށުން ލެޑްބޮކިތައް ޗައިނާ ސަރުކާރު ފަރާތުން އެގައުމުގެ ސަފީރު އެންވާރަމަންޓް މިނިސްޓަރަ ހަވާކުކުރަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހު
ތިން ފިޔަވައްސެއްގެ ދަށުން ކުރިއަށް ގެންދާ ފެހިއަލި ޕްރޮގްރާމުގެ ދަށުން މިހާރު ކުރިއަށް ގެންދާ ތިން ވަނަ ފިހަވަހީގައި 262،500 ލެޑް ބޮކި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވާރަމަންޓު މިނިސްޓްރީން ބުންޏެވެ. އަދި މި ދޫކުރާ ލެޑްބޮކިތަކުގެ ސަބަބުން 1.5 މިލިއަން ރުފިޔާ ސަލާމަތްވެގެން ދާނެ ކަމަށް ވެސް އެންވާރަމަންޓު މިނިސްޓްރީން ބުންޏެވެ.
ފަހިއަލި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 265،000 ލެޑް ހޮޅިބުރި އާއި 534 ބަނދަރު ބައްތި ދޫކޮށްފައިވާއިރު ދެވަނަ ފިޔަވަހީގައި ވަނީ 131،250 ލެޑްބޮއްކާއި އަދި 78750 ލެޑްހޮޅިބުރި ދޫކޮށްފައެވެ.
ހޯމް ސޯލަރ ޕީވީ ސިސްޓަމްތަކެއް މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނާއި ސްކައުޓް އެސޯސިއޭޝަނާ ރަމްޒީކޮށް ހަވާލުކުރަނީ-- ސަން ފޮޓޯ/ އަފްރާހު މުހައްމަދު
މިރޭގެ ރަސްމިއްޔާތުގައި ހޯމް ސޯލާ ޕީވީ ސިސްޓަމްތަކެއް މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނާއި ސްކައުޓް އެސޯސިއޭޝަނާ ރަމްޒީކޮށް ވަނީ ހަވާލުކޮށްފައެވެ.