02 Aug 2011, 04:22
ހަނދާން ނެތިގެން އެއް އަހަރުގެ ދަރިފުޅު ކޯރެއްގެ ކައިރީގައި ބަހައްޓާފައި އާއިލާއިން އިން ގޮސް ދެގަޑިއިރު ވަންދެން އުޅެފި އެވެ.
އެމެރިކާގެ މިނެސޯޓާގެ ފުލުހުން ބުނީ ކޯރުގެ ކައިރިން ކުޑަ ފިރިހެން ކުއްޖާ ނެގި ފަރާތުން ފުލުހުންނަށް އެނގުމުން ބެލި އިރު ކުއްޖާ ކޯރުގެ ކައިރިއަށް ދޫކޮށްލާފައި އާއިލާއަށް ދެވުނީ ހަނދާން ނެތިގެން ކަމަށެވެ. ކުޑަކުއްޖާ އެކަނި ކޯރު ކައިރީގައި ދެ ގަޑިރު ހޭދަކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެމީހުންނަށް ދަރިފުޅު ގެއްލުނީ އެމީހުންގެ އައްސޭރިއަށް އެމީހުންގެ ރަހުމަތްތެރިންތަކަކާއެކު ގޮސް މަޖާ ނެގުމުގެ ތެރޭގައި ކަމަށް ބުނެފައި ވެއެވެ.
ފުލުސް ތަރުޖަމާނު ބުނީ އެ އާއިލާއިން އެކަން އެންގީ މިދިއަ އާދީއްތަ ދުވަހު ކަމަށާއި އެމީހުންނަށް ދަރިފުޅު މަތިން ހަނދާނވީ މާ ފަހުން ކަމަށެވެ. މިދިއަ ހޯމަ ދުވަހު ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.