ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ކުރިއެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ މާލެ ވަޑައިގެން ފަސްޓް ލޭޑީ ވަނީ އައްޑޫއަށް ވަޑައިގެންފައެވެ.

މެޑަމް ފާތުމަތު އިބްރާހިމް އައްޑޫއަށް ވަޑައިގަތުމުން ސަޕޯޓަރުން އެކަމަނާއާ ބައްދަލުކުރައްވަނީ ---

ފަސްޓްލޭޑީގެ އަރިހުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް އައްޑޫއަށް ވަޑައިގެންފައެވެ.

ފަސްޓްލޭޑީގެ ދަތުރުފުޅުގައި މާދަމާ ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި އައްޑޫން އެކުލަވާލި 19 އަހަރުން ދަށުގެ ޓީމް ކުޅޭ މެޗްގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މާދަމާ ރޭ ޕީޕީއެމް އިން ހިތަދޫގައި ބާއްވާ 'އަފިރިންވެސް ތައްޔާރު' ޖަލްސާގައި ވެސް ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މެޑަމް ފާތުމަތު އިބްރާހިމް އައްޑޫއަށް ވަޑައިގަތުމުން ސަޕޯޓަރުން އެކަމަނާއަށް މަރުހަބާ ދަންނަވަނީ ---

ޕީޕީއެމުން އިން ބުނީ ފަސްޓް ލޭޑީގެ ދަތުރުފުޅަކީ މި މަހުގެ 19-23 އަށް އެ ސިޓީއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ދަތުރުފުޅުގައި އައްޑޫ ސިޓީގެ އިސް ރަށްވެހިންނާއި ޒުވާނުންނާއި އެކި އުމުރުފުރާގެ ރައްޔިތުންނާ ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.