އެމެރިކާގެ ވޮޝިންޓަންގެ މީހަކާއި އޭނާގެ ދަރިފުޅު މޫދަށް އެރި އުޅެނިކޮށް ހަތަރު ފޫޓުގެ ބޮޑު ޖެލީ ފިޝް އެއް ފެނިއްޖެ އެވެ.

ޖެލީ ފިޝް ފެނުނު ހަތް އަހަރުގެ އޮލިވާގެ ބައްޕަ ޝާމަން ޕައިކް ބުނީ ދަރިފުޅު އޮލިވާ އަށް ބޮޑު ޖެލީ ފިޝް ނުވަތަ ފިރުއައުނު މުދާ ފެނުނީ ކޯސްޓަލް ޕާކް ސަރަހައްދުގެ ރާޅުގަނޑުގެ ތެރޭގައި ފަތަނިކޮށް މިދިއަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

"ދަރިފުޅު ހީކުރީ އެއީ އޭލިއެން އެއް ކަމަށް. ޝާމަން ބުންޏެވެ." އެ ހީވަނީ ވެސް ގާތްގަނޑަކަށް އެކަހަލަ ގޮތަކަށް، ވަރަށް ބިރުވެރި."

ދެބެފައިންނަށް ފެނުނު ޖެލީ ފިޝް އޮތީ މެދުތެރެ ޓްރާންސްޕޭރެންޓްކޮށް ރަތާއި ރީނދޫ ރޮނގުތަކެއް ފެވިފަ އެވެ. ޝާމަން ބުނީ ޖެލީ ފިޝް ފެނުމުން ވަގުތުން އިންޓަނެޓްގައި އެއީ އެ ގޮތަށް ހުންނަ ޖެލީ ފިޝްއާ ބެޙޭ ގޮތުން މައުލޫމާތު ހޯދި އިރު އެއީ ލަޔަން މެނީ ޖެލީފިޝް އާއިލާގެ ވައްތަރެއް ކަމަށާއި އެއީ އާންމުކޮށް ޕެސިފިކް ކޯސްޓްގައި އުޅޭ ވައްތަރެއް ކަމަށެވެ. -- ސީޓްލް ނިއުސް