10:00


މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބްލެޓް ސައިޒުގެ 10 ޕެކެޓާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ރޭ 8:30 ކަންހާއިރު އެކުއްޖާ މަސްތުވާއެއްޗެހި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން މިލިއަން ބުކްޝޮޕްކައިރިން ހުއްޓުވާ ޗެކްކޮށް ބެލިބެލުމުން މަސްތުވާތެކެތި ފެނިގެން ކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ޕެކެޓްތައް ފެނިފައިވަނީ ފުލުހުން އެކުއްޖާ ހިފަހައްޓަން މަސައްކަތްކުރުމުން ބިންމައްޗަށް އެއްލާލި ކަރުދާސްގަނޑެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުނެ އެވެ.