ދިހަ ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބެނުންވާ މެޓީރިއަލްސް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރެޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލު ކޮށްފި އެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިޤް އިބްރާހީމެވެ. އަދި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު މާހިދެވެ.

މިއަދު ޙަވާލުކުރީ ފ. ފީއަލި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު، ރ. މާކުރަތު، ރ. ރަސްމާދޫ، ހއ. އުތީމު ހއ. ބާރަށު އަދި ނ. ލަންދޫގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ މެޓީރިއަލްސް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.

ދިހަ ރަށަށް މެޓީރިއަލް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 133 މިލިއަން ދިވެހި ރުފިޔާ އެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގަ އެވެ.