02 Aug 2011, 01:25
ބޭނުންވާތަކެތި
6 ޖޯޑު ބަތް
1 ޖޯޑު ފިޔާ )ކޮށާފައި(
5 ބިސް )ފެނުކައްކާ ކޮށާފައި(
1 ޗިކަން ކިއުބް
1 ހިކަނދިފަތް
1 ގިތެޔޮމިރުސް )ކޮށާފައި(
1 ޖޯޑު ކެބެޖް )ކޮށާފައިހުރި(
1 ޖޯޑު ކެރެޓް )ގާނާފައިހުރި(
1 މޭޒުމަތީ ސަމުސާ އިނގުރު- ލޮނުމެދު )ޗިސްކޮށްފައިހުރި(
1 ޖޯޑު ހިކިމޭބިސްކަދުރު
5 ރާނބާފަތްކޮޅު )2 /1 އިންޗިއަށް ބުރިކޮށްފައިހުރި(
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ތަވާޔަށް ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ހިކަނދިފަތް ރާނބާފަތް، ކެރެޓް، ކެބެޖް ، މިރުސް އެއްކޮށް އަޅާލާފައި މޯޅިވަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ބަތާއި ބިސް ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން އެދެބައި އެއްކޮށް ލާށެވެ.