19 Oct 2017, 09:23
ޓީ-ސީރިޒްއާއި ކަރިއާޖް އެންޓައިމެންޓް އަދި "ގައި އިން ދަ ސްކައި" އާއި ބަލައްޖީ މޯޝަން ޕިކްޗާ ގުޅިގެން ގެނެސްދޭ ފިލްމް 'ކެދާނަތު' ރިލީޒް ވުމުގެ ކުރިން އެއްވެސް ފިލްމެއްގެ ޝޫޓިންގގައި ބައިވެރިނުވާނެކަމަށް އެ ފިލްމުގައި ހަރަކާތްތެރިވާ ބަތަލާ، ސައިފް އަލީ ޚާން ދަރިފުޅު ސާރާ އަލީ ހާން ބުނެފިއެވެ.
ސާރާ ބުނީ ފިލްމް ރިލީޒްވުމުގެ ކުރިން އެއްވެސް ފިލްމެއް ނުކުޅޭނެ ކަމަށާއި ބަލައިލަން ބޭނުންވަނީ އެ ފިލްމަށް ކިހާ ވަރެއްގެ ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބޭތޯ ކަމަށެވެ.
ކެދާރްނާތުގެ ބޮޑު ބައި ޝޫޓިން މިހާރު ނިމިފައިވާއިރު، ސާރާ އެ ފިލްމް ކުޅެން ސޮއި ކުރީ ފިލްމްތަކުން ގިނަ އަދަދެއްގެ ހުށަހެޅުންތަކެއް އައި ދުވަސްވަރެއްގައެވެ.
'ކެދާނަތު'އަކީ، އިންޑިއާގެ ދީނީ އަގީދާ ފެނިގެންދާ ރީތި ލޯބީގެ ފިލުމެކެވެ. ހިންދޫ އަންހެން ކުއްޖެއްގެ މެދުގައި އުފެދޭ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމްގެ ޑައިރެކްޓަރަކީ އަބީޝެކް ކަޕޫރެވެ. ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތު އެ ފިލްމުގެ ލީޑް ރޯލު ކުޅޭއިރު އެ ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގައެވެ.