އާޓިފިޝަލް ބީޗުގައި މިރޭ ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ އާޓިފިޝަލް ބީޗުގައި މިރޭ މާރާމާރީއެއް ހިނގައި ބިދޭސީއަކު ޒަހަމްކޮށްލި ކަމުގެ ރިޕޯޓު މިރޭ 10:27ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިހާރު އެ މީހާ އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާގެ ހާލަތާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.