މާފަންނު އަލިވާގޭ ސަރަހައްދުގައި ރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެޒުވާނާއަށް ހަމަލާދީފައި ވަނީ ރޭ ގާތްގަނޑަކަށް އެގާރަޖަހާކަންހާއިރު އަލިވާގޭ ސަރަހައްދުން ހިންގާފައި ދަނިކޮށް ކަމަށާއި އޭނާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގެ ތަފްސީލެއް އެ އޮފިޝަލް ނުދެއްވަ އެވެ. ވިދާޅުވީ އެމައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކު މިރޭ ވިދާޅުވީ ތޫނު އެއްޗަކުން ހަމާލާދީ ޒަހަމްކޮށްލި ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެޒުވާނާއާ ބެހޭ އެއްވެސް މައުލޫމާތެއް މީޑިއާއަށް ދޭން އާއިލާ އިން ބޭނުންނުވާ ކަމަށްވެސް ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ.

މިއީ މާލޭގައި ސިލްސިލާ ގޮތެއްގައި ތޫނު ހަތިޔާރުން މިއަހަރުތެރޭބ ދެމުން އައި ހަމަލާތައް ހުއްޓި މަހެއްހާ ދުވަސް ވުމަށް ފަހު ދިން މިފަދަ ފުރަތަމަ ހަމަލަ އެވެ.