މަޖީދީމަގު މަރާމާތު ކުރުމަށް ހައުސިން މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން އެ މަގުގެ އެންމެ ފަހު ސެގްމެންޓުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ހެންވޭރުގައި ހުންނަ އެސްޓީއޯ ފާމަސީ އިން ފެށިގެން އިރަށް އޮތް ބައިގެ މަސައްކަތް މިއަދު ފަށާފައިވާ އިރު އެ މަސައްކަތަށް އާންމުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މަޖީދީމަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ.---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޖީދީމަގު މަރާމާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މަގުގައި އަލުން ގާ އަތުރައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަވާނެހެން ދުވާރު ވެސް އަންނަނީ ހަދަމުންނެވެ. މީގެ އިތުރުން ފެން ހިންދުމުގެ ނިޒާމު ރަނގަޅުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރު އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ވެސް އަންނަނީ ބަދަލު ގެންނަމުންނެވެ.

މަޖީދީމަގު ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވަނީ މަގުގެ ހާލަތުދަށްވެ ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށެވެ.