18 Oct 2017, 10:48
މާލެއާއި ކައިރި ރަށެއްގައި އުޅެމުން އަންނަ އާމިރު (އަސްލު ނަމެއްނޫން) އަކީ މީގެ އަހަރުތަކެއް ކުރިން ކައިވެންޏެއްކޮށް އެކައިވެނީގައި ދަރިއަކު ލިބުމުގެ ނަސީބު ލިބިފައިވާ މީހެކެވެ. ނަމަވެސް އޭނާގެ ޙަޔާތަށް ހީނަރުކަން ގެނުވީ އެއުއްމީދީ ކައިވެނި ހިތާމަވެރިކަމާއިއެކު ރޫޅުމެވެ. އާމިރުގެ ހިތަށް އިތުރު ހިތްދަތިކަމެއް ގެނުވީ ދަރިފުޅާއި ދެތަންވާން ޖެހުމެވެ. އޭނާގެ ދަރިފުޅުގެ މަންމަ އަކީ މާލެއާއި މާދުރު، ދެކުނުގެ ބޮޑު ރަށަކަށް ނިސްބަތްވާ މީހެއްކަމުން، ދަރިފުޅާއި އެކު ދަރިފުޅުގެ މަންމަ ދިރިއުޅެމުން އަންނަނީ އެރަށުގައެވެ. މިގޮތަށް އާމިރު އުޅެމުން އަންނަތާ ދުވަސްތަކެއްވީއިރު، ރަށުގެ ދުރުކަމުންނާއި، މާލީ ޙާލަތު ހުންނަގޮތުން ދަރިފުޅަށް ޒިޔާރަތްކުރުމަށް އޭނާއަށް ވަނީ ނުކުޅެދިފައެވެ. އޭނާ ދަންނަ މީހަކުވެސް އެރަށުގައި ނޫޅޭކަމުން، ޚަރަދުގެ ގޮތުގައި ކޯޓުމެދުވެރިކޮށް ދައްކާ ފައިސާކޮޅު މެނުވީ އިތުރު އެއްޗެއް ފޮނުވާލުންވެސް އޭނާއަށް ވަނީ އިންތިހާއަށް ދަތިވެފައެވެ.
ދުވަސްތައް މިހިތްދަތިކަމުގައި ވޭތުކުރަމުން ދަނިކޮށް އާމިރަށް ލިބުނީ ވަރަށް ގަޔާވާކަހަލަ ޚަބަރެކެވެ. އުއްމީދު އާވީ ރެޑްބޮކްސް ކިޔާ ތަނެއްގެ ވާހަކަތައް އަޑުއިވުމުންނެވެ. މާލޭގެ އެއް ތަނުން އަނެއް ތަނަށާއި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ކުޑައަގެއްގައި ރެޑްބޮކްސް އިން ތަކެތި ފޮނުވައިދޭ ކަމުގެ ޚަބަރު ވެގެން ދިޔައީ އާމިރުގެ ހިތަށް ފިނިކަން ގެނެސްދިން ކަމަކަށެވެ. ދެތަންވެ ގުޅުން ހީނަރުވެފައިވާ ދެބަފައިންގެ ގުޅުން ރަނގަޅުކޮށްލަން މިއީ ރަނުގެ ފުރުޞަތެއްކަމުގައި އާމިރަށް ވިސްނުނެވެ.
މަހުމުސާރަ އަތަށްއެރުމާއެކު އާމިރު އަވަސްވެގަތީ ދަރިފުޅަށް ފޮނުވާނެ ހަދިޔާ ގަތުމަށެވެ. ދަރިފުޅަށް މުހިއްމުވާނެ ގަޔާވާފަދަ ތަކެތި ގަނެ ބަންދުކޮށްލައިގެން އާމިރު ދިޔައީ ރެޑްބޮކްސް އަށެވެ. އާމިރު ހީކޮށްގެންހުރީ މިކަން އެހާ ފަސޭހަ ނުވާނެކަމަށެވެ. ނަމަވެސް ކަންތައް ހުރީ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ޚިދުމަތަށް ނެގީ ވަރަށްވެސް ހިތްހަމަޖެހޭ ކުޑަ އަގެކެވެ. ދަރިފުޅުގެ ނަމާއި، ފޮނުވާ ރަށާއި އެޑްރެސް ފަދަ މަޢުލޫމާތުކޮޅެއް ދިނުމުން، ތަކެއްޗާއި ޙަވާލުވުމަށްފަހު ރެޑްބޮކްސް އިން ދިނީ ސްލިޕްކޮޅެކެވެ. ފޮނުވާ ތަކެއްޗާއި މީހާގެ މަޢުލޫމާތާއި އެކު އޭގައި ޓްރެކިން ނަމްބަރެއް ލިޔެފައި އިންތަން އާމިރަށްފެނުނެވެ. އޭގެ ބޭނުމަކީ ކޮބައިތޯ ސުވާލުކޮށްލުމުން ރެޑްބޮކްސް އިން ބުނީ "ރެޑްބޮކްސް.އެމްވީ" އަށް ވަދެ އެނަމްބަރު ޖަހާލައިގެން، މުދާ ފޮނުވުމުގެ މަރުޙަލާ އޮތް ހިސާބެއް ބަލައިލެވޭނެކަމުގައެވެ. އާމިރު ގެއަށް ދިޔިއީ މިކަމާ ވަރަށް ހިތަހަމަ ޖެހި އުފަލުން ހުރެއެވެ.
ދަރިފުޅާއި ހަމައަށް ތަކެތި ފޯރާތޯ އާމިރު ދިޔައީ ވެބްސައިޓުން ބަލަމުންނެވެ. އާމިރު އުއްމީދު ކުރި ވަރަށްވުރެ މާއަވަހަށް ދަރިފުޅަށް ތަކެތި ލިބުނުކަން އެނގުމުން، އޭނާގެ ހިތަށް ލިބިގެން ދިޔައީ ބަޔާން ކުރަންވެސް ދަތި އުފާވެރިކަމެކެވެ. އެތައް ދުވަހެއްގެ ހިތްދަތި އިޙްސާސްތައް މުޅިން ހަނދާންނެތުނު ކަހަލައެވެ. ދަރިފުޅު ކައިރިއަށް ނުދެވުނަސް، ދަރިފުޅު ބޭނުންވާ ތަކެއްޗާއި ހަދިޔާ ފޮނުވާލެވޭނެ ފަސޭހަގޮތެއް ފެނުނީތީ އާމިރު ނުހަނު އުފާވިއެވެ. އޭގެފަހުން އާމިރު އަންނަނީ އަދިވެސް ރެޑްބޮކްސް މެދުވަރިކޮށް ބަރާބަރަށް ދަރިފުޅަށް ހަދިޔާ ފޮނުވަމުންނެވެ. ރެޑްބޮކްސްގެ މިޚިދުމަތުގެ ސަބަބުން ދެބަފައިންގެ ގުޅުން ބަދަހިވެ އުފާވެރިކަން ވަނީ ދެބަފައިނަށް ގެނުވާފައެވެ. ދެތަންވުމުގެ ހިތްދަތިކަމާއި ކަރުނައިގައި، އުޅެމުން ދިޔަ ދެބަފައިން ހެއްވާލީ ރެޑްބޮކްސްއެވެ.
އާމިރު ފަދައިން ކަންތައް ދިމާވެފައިވާ އެތައް ފަރާތެއް ރާއްޖޭގައި އުޅެމުން ދާނެކަން ޔަގީނެވެ. އަދި އެފަދަ ކަމެއް ދިމާވެފައި ނެތަސް ރާއްޖޭގެ އެކި ހިސާބަށް ތަކެތި ފޮނުވާލަން ބޭނުންވާ އެތައް ބަޔަކު އުޅެމުންދާނެކަން ކަށަވަރެވެ. ރެޑްބޮކްސް އަކީ ތަކެތި އުފުލައި ގެންގޮސް ދިނުމުގައި މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ވިއުގައެވެ. މާލޭގެ އެއްތަނުން އަނެއް ތަނަށް ތަކެތި ފޮނުވައިދިނުމާއި، އޮފީސްފަދަ ތަންތަނުން އެކި ފަރާތްތަކަށް ފޯރުކުރަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމާއި، އޮންލައިން ވިޔަފާރިތަކާއި އެހެންވެސް ވިޔަފާރި މުދާ ކަސްޓަމަރާއި ހަމައަށް ފޯރުކޯށްދިނުމުގެ ޚިދުމަތްފަދަ އެތައް ޚިދުމަތެއް، ހެޔޮއަގުގައި ރެޑްބޮކްސްއިން އަންނަނީ ފޯރުކޮށްދެމުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7911887 އާއި ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްލެއްވޭނެއެވެ.