އަދަވައިތު ޗަންދަން ޑައިރެކްޓްކޮށް އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ ފިލްމް "ސީކްރެޓް ސުޕަސްޓާ" ރިލީޒްކުރުމުގެ ކުރިން އާމިރު ވަނީ އޭނާގެ ގާތް މީހުންނާ އެ ފިލްމު އޭނާ ދައްކާލަން ބޭނުން ބައެއް މީހުންނަށް ދައުވަތު ދީގެން ޚާއްސަ ސްކްރީނިންއެއް ބާއްވައިފައެވެ.

ފިލްމު ބެލި ހުރިހާ ފަންނާނުންވެސް ވަނީ އެ ފިލްމްގެ މޮޅު ވާހަކަ ދައްކާ ޓްވީޓް ކޮށްފައެވެ. ފަންނާނުން ބުނީ އެ ފިލްމް ވެގެންދާނީ މިއަހަރުވެސް ނުކުންނަ އެންމެ މޮޅު ފިލްމަށް ކަމަށެވެ. އާމިރު އަދި ޒާއިރާގެ އެކްޓިންގް އަށް އެ ތަރިން ވަނީ ތައުރީފް އޮއްސާލާފައެވެ.

އާމިރުގެ ދައުވަތަށް ފިލްމު ބަލަން ދިޔަ މީހުންގެ ތެރޭގައި އެކްޓަރު އަނިލް ކަޕޫރު، ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރްގެ އިތުރުން ޝަބާނާ އަޒްމީ އާއި ޖާވީދު އަޚްތަރާއި ނަވާޒުއްދީން ސިއްދީގީ، ސާންޔާ މަލްހޯތުރާ އާއި ފާތިމާ ސަނާ ޝޭޚް ވެސް އެ ފިލްމް ބަލަން ދިޔައެވެ.

ފިލްމުގައި ފެނިގެންދާނީ އިންޑިއާގެ ކުޑަ އަވަށަކަށް ނިސްބަތްވާ ލަވަކިޔުންތެރި އަކަށް ވާން ބޭނުންވާ މުސްލިމް އަންހެން ކުއްޖެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މިންނެއް މަސައްކަތެވެ. ލަވަކިޔުންތެރިއަކަށް ވުމަށް އޭނާ ކުރި ބުރަ މަސައްކަތް އެ ފިލްމުން ދައްކުވައިދެ އެވެ.

އަންހެން ކުއްޖާގެ މިއުޒިކީ ހުނަރު މުޅި ދުނިޔެއަށް އިއްވާލުމުގެ މަގްސަދުގައި އެ އަންހެން ކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދައެވެ.