ޑޭވިޑް ދަވަން ޑައިރެކްޓްކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނެރުނު "ޖުޅްވާ 2" މިއަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑްގެ ފިލުމުތަކުގެ ތެރޭގައި ހިމެނިއްޖެއެވެ.

ސިނަމާތަކުގައި ދައްކަމުން އަންނަ ވަރުން ދަވާންގެ ހެއްވާ މަޖާ ފިލްމު 'ޖުޅްވާ 2'އަށް މިހާރު ވަނީ 210 ކުރޯޑު ލިބިފައެވެ. ހަފްތާއެއްގެ ތެރޭގައި 100 ކުރޯރާ ގާތްކުރާ އަދަކަކަށް އާމްދަނީ އެ ފިލްމަށް ވަނީ ލިބިފައެވެ.

ފިލްމު ބޮކްސް އޮފީހުގައި ތިން ވަނަ ހަފުތާ ނިންމާލާއިރު 210 މިލިއަން ރުޕީސްގެ އާއްމުދަނީއެއް ވަނީ ހޯދާފައެވެ. ބޮލީވުޑްގެ ފިން ފަންނާނުންނާ ބެލުންތެރިންގެ ތައުރީފް ފިލްމަށް ލިބިފައިވާ އިރު ވަރުން ވަނީ "ޖުޅްވާ2"ގެ ކާމިޔާބީއަށް ފަހު ފިލްމެއް ކުޅޭނެ އަގު މައްޗަށް ޖައްސާލާފައެވެ.

ޖުޅްވާ 2' އަކީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން 200 އަށް ވުރެ މަތިން ކުރޯޑު ހޯދި ތިން ވަނަ ފިލްމެވެ. ޝާހްރުކް ޚާންގެ 'ރައީސް' އަދި އަކްޝޭ ކުމާރުގެ 'ޓޮއިލެޓް' އަށް ވަނީ 200 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.

'ޖުޅްވާ 2' އަކީ 1997 ވަނަ އަހަރު ނުކުތް ސަލްމާން ޚާންގެ ކާމިޔާބު ފިލްމު 'ޖުޅްވާ'ގެ ސީކުއެލް އެވެ. ކާމިޔާބު އެކްޓަރު ވަރުން އާއެކު ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ގޮސްފައި ވަނީ ޖެކްލީން ފާނަންޑޭޒް އާއި ތާޕްސީ ޕަންނޫ އެވެ.