01 Aug 2011, 14:09
މީގެ ދެ މަސް ކުރިން ގ. ސާލިމިއްޔާގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެގޭގައި ރޯވެ، ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން އެމްޑީޕީން ހުޅުވި ފަންޑް ފޮއްޓަށް ލިބުނު ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ އެގޭގެ އާއިލާތަކާ އިއްޔެ ހަވާލުކޮށްފި އެވެ.
އެމްޑީޕީން ބުނީ ސާލިމިއްޔާގޭގައި ދިރިއުޅުނު އާއިލާތަކަށް އެހީވުމުގެ ގޮތުން ހުޅުވާލި ފަންޑު ފޮއްޓަށް 112،465ރ. ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާ އޭރު އެގޭގައި އުޅުނު ފަސް އާއިލާ އަށް އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްފައިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ޑެކް އަޅައިގެން ތިން ބުރިއަށް ހަދާފައި ހުރި އެގޭގައި ހިފި އަލިފާނުގައި މުޅިގެ ވަނީ އެއްކޮހެން އަނދާ ހުލިވެފަ އެވެ.
ސާލިމިއްޔާ ގޭގައި ދިރިއުޅުނު މީހުންނަށް އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުންނާއި ސިޓީ ކައުންސިލުން ވަނީ އެހީވެފަ އެވެ.