ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވާދަނުކޮށް ރާއްޖެއަށް ހަތަރު ވޯޓު ލިބިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކައުންސިލަށް ވާދަނުކުރަނިސް ވޯޓު ދިން ގައުމުތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރާއްޖޭން ކައުންސިލަށް ކުރިމަތިލައި ނާކާމިޔާބުވީ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓު ކުރި ނަމަވެސް ރާއްޖެއިން ވަނީ ކައުންސިލަށް ކުރިމަތިނުލާން މާ ކުރިންވެސް ނިންމާފަ އެވެ. އެއީ މިއަހަރުގެ ޖުލައި މަހު އެވެ.

އެގޮތަށް ރާއްޖެއިން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކޮށްފައި ވުމުން ރާއްޖެއަށް ތާއީދު ނުލިބޭނެތީ ކަމަށް ޔޫއެންގެ ޚާއްސަ ރެޕަޗުއާ ޑރ. އަހުމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ.

ކައުންސިލަށް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވޯޓި ލިބި ހޮވިފައި ވަނީ ގަތަރާއި، ޕާކިސްތާނު އަދި ނޭޕާލުގެ އިތުރުން އަފްޣާނިސްތާނެވެ.