ވަތަނިއްޔާގެ ހަ ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހަ ޚިދުމަތަކަށް 60 ޕަސެންޓް ޑިސްކައުންޓް އެއް ދުވަހަށް ދީފި އެވެ.

ވަތަނިއްޔާ އިން އިއްޔެ ފާހަގަކުރަން ފެށި އެ ކުންފުނީގެ ހަ ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 60 ޕަސެންޓް ޑިސްކައުންޓެއް ދީފައިވާ ޚިދުމަތްތަކުގެ ތެރޭ އެސްއެމްއެސް އާއި އެމްއެމްއެސް އާއި ޓުވިޓާ އެސްއެމްއެސް އާއި މޯބައިލް އިންޓާނެޓާއި ރީތި ޓިއުންސް ހިމެނެ އެވެ.

ވަތަނިއްޔާ އިން މިހާރު ވެސް ދަނީ "މަވެސް ވަތަނިއްޔާ"ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދަމުން ނެވެ. އެގޮތުން އެ ކެމްޕޭނުގެ ދަށުން އެމްބެސަޑަރުންގެ ގޮތުގައި ރާއްޖޭގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހިމެނޭ މަޝްހޫރު ފަރާތްތަކެއް ބައިވެރިކޮށްފައިވެ އެވެ.

ރާއްޖޭގެ ޓޭލެކޮމިއުނިކޭޝަން އިންޑަސްޓްރީ އަށް 2005 ވަނަ އަހަރު އުފަންވި ވަތަނިއްޔާ އިން ލައްކައަކަށް ވުރެ ގިނަ ކަސްޓަމަރުން ގޮވައިގެން އަންނަނީ އާ ދުނިޔެ އަކަށް ގެންގޮސްދެމުންނެވެ.

އެގޮތުން ވަތަނިއްޔާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް މޯބައިލް ބުރޯޑް ބުރޭންޑް ކޮށްލެވި، ތްރީޖީ ޚިދުމަތާ އެކު ވީޑިއޯ ކޯލްކުރެވެ އެވެ. އަދި ވަތަނިއްޔާ އިން ވަނީ ސިންގަލް ރޭޑިއޯ އެކްސެސް ނެޓްވޯކް ތައާރަފް ކޮށްފަ އެވެ. ]ސިންގަލް ރޭލް[ އަކީ 2ޖީ އަދި 3ޖީ ފަދަ ޓެކްނޮލޮޖީ ސިސްޓަމެއް މެދުވެރިކޮށް ދިނުމުގެ ގާބިލް ކަން ލިބިފައިވާ ސިސްޓަމަކެވެ.

ވަތަނިއްޔާ އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތްތައް "ވަތަނިއްޔާ ފޯ ބިޒްނަޒް" ނަމުގައި ދޭންފަށައިފަ އެވެ. މީގެ އިތުރުން ވެސް ޑަބްލިއު ލޮކޭޓާއި ޑަބްލިޔު މިކްސް އާއި ކޮންމެ ތަނެއްގައި ހުރެގެން ވެސް މަތީ ތަޢުލީމް ހާސިލް ކުރެވޭ ގޮތަށް އެމްލާނިންގެ ޚިދުމަތް ވެސް ވަތަނިއްޔާ އިން ވަނީ ތައާރަފުކޮށްފަ އެވެ.

ރާސްޓަސް އާއި ކްރެޑިޓް ޓްރާންސްފާ ވަތަނިއްޔާގެ ފޯނުތަކަށް ކުރެވޭ އިރު ހާ ހަކަށް ވުރެ ގިނަ ލަވަޔާ އެކު ވަތަނިއްޔާ އަންނަނީ ރީތި ޓިއުންސްގެ ޚިދުމަތް ވެސް ދެމުން ނެވެ. އަދި ވަތަނިއްޔާ އިން މިހާރު ޓުވީޓް ކުރެވޭ އިރު ޑޮކްޓަރުންގެ އެޕޮއިންޓް މެންޓް ހެއްދުމުގެ ފަސޭހަ ނިޒާމެއް އީ ޗެނަލިން މެދުވެރިކޮށް ފޯރުކޮށްދެ އެވެ.