މިދިޔަ 2016 ވަނަ އަހަރު ނުކުތް 'ދަ ގާލް އޮން ދަ ޓްރެއިން'ގެ ހިންދީ ރީމޭކްގައި ޖެކަލީން ފާނަންޑޭޒް ހަރަކާތްތެރިވާނެކަމަށް އޭނާ ބުނެފިއެވެ.

"ޖުޅްވާ2"ގެ ކާމިޔާބަށް ފަހު ދެން އޭނާ ހަރަކާތްތެރިވާނީ ރޭމޯ ޑިސޫޒާ ޑައިރެކްޓްކޮށް ރަމޭޝް ޓޯރާނީ ޕްރޮޑިއުސް ކުރާ ފިލްމް "ރޭސް3"ގައެވެ. ފިލްމުގެ ޝޫޓިންގެ ނިންމުމަށްފަހު އޭނާ އެ ފިލްމުގެ ޝޫޓިންގް ފަށާނެކަމަށް ޖެކަލީން ބުންޏެވެ.

ރިއްބޫ ޑަސްގުޕްޓާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ،

" މިހާރު ސްކްރިޕްޓްގެ ހުރިހާ މަސައްކަތެއް ނިމިއްޖެ. އެއްކޮށްހެން ނިމިފައި މީނީ. ދެން އިންނާނީ ޝޫޓިންގްގެ މަސައްކަތް. ޖެކަލީން އާ އެއްކޮށް މަސައްކަތް ކުރުމަށް ކުރިއްސުރެވެސް ވަރަށް މަސައްކަތް ކުރިން. ވަރަށް ކަމުދޭ އޭނާގެ އެކްޓިންގް. ދެން ހަމަ ޝޫޓިންގްގެ މަސައްކަތް ފެށުމަށް ކެއްމަދުވެފަ މިހުރީ. އެކަމަކު އަދި ކުޑަ ދުވަސްކޮޅެއް ނަގާނެ ޝޫޓިންގް ފަށަން. އަދި އެބަ ހުރި ކޮށްލަންޖެހޭ ކުދި ކުދި ކަންކަން،" އޭނާ ބުންޏެވެ.