ބޮކްސާ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަގު ރޭ އައްޑޫ ސިޓީގެ މަރަދޫ ރެސްޓޯރެންޓެއްގެ ތެރޭގައި އިން 20 އަހަރުގެ ޒުވާނެއްގެ އަތުން މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ޒުވާނާ ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ބޮކްސާގެ ރަބަރު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު 18 ޕެކެޓް ފެނިފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.