އެލިއާ އިންވެސްޓްމަންޓްސްއިން ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް "ގޯ ޔަމަހާ"ގެ ނަމުގައި ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.

އެލިއާ އިން ބުނީ، "ގޯ ޔަމަހާ"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަން މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

އެ ޕްރޮމޯޝަންގައި ޔަމަހާ ޝޯރޫމްއިން ނުވަތަ އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ އެލިއާގެ ޑީލާޝިޕް ފިހާރަތަކުން ބައްލަވައިގަންނަވާ ޔަމަހާ ބްރޭންޑްގެ ކޮންމެ ސައިކަލަކަށް ވެސް އެ ޕްރޮމޯޝަންގެ ދަށުން ވަރަށް ޚާއްޞަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެލިޔާއިން ބުންޏެވެ.

އެ ގޮތުން 3000 ރުފިޔާ އާއި 6000 ރުފިޔާއާ ދެމެދުގެ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށާއި އެ މުއްދަތުގައި އިންސްޓޯލްމަންޓަށް ނުވަތަ އެއްކޮށް ފައިސާ ދެއްކެވި ނަމަވެސް އެ ޑިސްކައުންޓްލިބޭނެ ކަމަށް އެލިއާއިން ބުންޏެވެ.

އެލިއާއިން ކުރަމުންދާ އެންމެހާ މުޢާމަލާތަކީ ރިބަވީ އެއްވެސް މުޢާމަލާތެއް ނުހިމެނޭ ސައްތައިންސައްތަ އިސްލާމީ ޝަރީޢާ ހުއްދަކުރާ ވިޔަފާރި މުޢާމަލާތްތަކެއްކަން އެލިއާއިން ފާހަގަކުރެއްވި އެވެ.

އެލިއާގެ ވިޔަފާރިއަށް 53 އަހަރު ފުރެން ގާތްވެފައިވާއިރު އެފަދަ އެތަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ރާވަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.