މިހާރު ސަސްޕެންޑް ކޮށްފައި ހުރި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދުގެ ސައިކަލުގައި ރޭ ބަޔަކު ރޯކޮށްލައިފި އެވެ.

ސައިކަލުގައި ރޯކޮށްލާފައިވަނީ ހުޅުމާލޭގެ މަގެއްގައި ޕާކުކޮށްފައި ހުއްޓަ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް ރޭ 12:00 ގައި ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުންޏެވެ.

މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑް ކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.