01 Aug 2011, 08:31
އެމެރިކާގެ ޓެކްސަސް ސްޓޭޓްސްގެ އޯސްޓިންގައިވާ ފާލަމެއްގެ ދަށުގައި 1.5 މިލިޔަނަށް ވުރެ ގިނަ ވާ ދިރިއުޅެ އެވެ. މިހާރު އެރަށުގައި އެންމެންމެން އެންމެ ގަޔާވާ ކަމަކަށް ވެފައި ވަނީ ފާލަންދަށުގައި ދިރިއުޅޭ އެވާތައް ބަލަން ދިއުމެވެ.
"މެކްސިކަން ފްރީޓެއިލްޑް ބެޓްސް" ނަމަކަށްކިޔާ އެވާތައް ކައިބޮއި އުޅޭ ސޫފާސޫފި ޓެކްސަސްއަށް ކުރިމަތިވި ހަނަފަސްކަމެއްގެ ސަބަބުން ދަނީ މަރުވަމުންނެވެ. އާއްމުކޮށް ރޭގަނޑަށް ނޫނީ ކާނާ ހޯދަން ނުނުކުންނަށް އެވާތައް މިހާރަކަށް އައިސް މާ އަވަހަށް އުދުހެން ފަށަނީ އެހެންވެއެވެ.
ކޮންމެ ރެއަކު ކަޅު ވިލާރޮއްޖެއްހެން ވާތައް ނުކުންނަން ފަށާއިރު އެތަކެތީގެ ގިނަކަމުން އޯސްޓިންގެ މޫސުން ބަލާ ރާޑަރުތަކަށް ވެސް އެވާތައް އަރާކަމުގައި ވެއެވެ. ހަމަ އެއާއެކު ވާތައް ދެކެން މީހުން ވެސް އެވަރަށް އެއްވެއެވެ.
" މީހުންނަށް އެވާތައް ފެންނަ ގޮތް ވުމަކީ އުފާވެރި ކަމެއް، އެތަކެއްޗަކީ ފާހަގަކޮށްލެވޭ ވަރުގެ އެއްޗެތިތަކެއް" އޯސްޓިންގެ ވާހިމާޔަތްކުރާ ޖަމިއްޔާއެއްގެ ޑައިރެކްޓަރެއްކަމަށްވާ ޖޭމްސް އެގާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ އުފާވެރި މަންޒަރެއް ނަމަވެސް އެކަމުން ދޭހަކޮށްދެނީ ވާތަކަށް ތަންކޮޅެއް ދަތި ދުވަސްތަކަކާ ކުރިމަތިވެފައިވާކަން ކަމަށެވެ.
ނަމަވެސް ގުދުރަތީ ކަންތައްތައްތަކަށް ލޯބިކުރާ )ނެޗުރަލިސްޓް( މީހުން ދެކޭ ގޮތުގައި ހަނަފަސްކަން އަވަހަށް ނިމުމަކަށް އައިސްފި ނަމަ ވާތަކަށް ބިރެއް ނެތެވެ.
" އަހަރެމެންނަށް ކުރިމަތިވެފައި މިވާ ހަނަފަސް ކަމަކީ އަހަރެއް ދެ އަހަރެއްގެ ކަމެއް ކަމަށް ވެއްޖެ ނަމަ ވާލުގެ މުޅި ނަސްލައް ނުރައްކަލެއް ނެތް،" އެގާސް ވިދާޅުވި އެވެ.
ނަމަވެސް ބައެއް ސައިންސްވެރިން ބިރުގަންނަނީ ޓެކްސަސްއަށް މިހާރު ކުރިމަތި ވެފައިވާ ހަނަފަސް ކަމަކީ އެސްޓޭޓަށް އާއްމުކޮށް ކުރިމަތިވާ ހަނަފަސް ކަމަށް ނުވާތީ މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކަމަކަށް ވެދާނެތީއެވެ.
ވާތަކަށް ކުރިމަތިވެއިވާ ކާނާގެ ދަތިކަމުގެ ސަބަބުން އެންމެ ބޮޑަށް ދެރަވާ ބަޔަކީ ޓެކްސަސްގެ ދަނޑުވެރިންނެވެ. އެހެނީ ވާތަކުގެ ލަޝްކަރު އޭގެ ހަގީގީ ބާރާއެކު މަސައްކަތް ކުރާ ނަމަ ދަނޑުތަކަށް ގެއްލުންދޭ ސޫފާސޫފީގެ ތެރެއިން 1000 ޓަނުގެ ސޫފާ ސޫފި ކޮންމެ ރެއަކުވެސް ކާތީއެވެ. ދެހާސް ހަވަނަ ވަނަ އަހަރެ ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ދައްކާ ގޮތުގައި ޓެކްސަސްގައި ކޮޓަން ހައްދާ މީހުން ދަނޑުތަކުގައި ޕެސްޓިސައިޑަށް ކުރަން ޖެހޭ ހަރަދުން އަހަރަކު 75000. ޑޮލަރު ވާތަކުގެ ސަބަބުން ސަލާމަތް ވިއެވެ. ޓެކްސަސްގެ ކޮޓަން ދަނޑުތަކަކީ އަހަރަކު 4.5 މިލިޔަން ޑޮލަރުގެ ފައިދާވާ މަސައްކަތެކެވެ.
ޓެކްސަސް ސްޓޭޓްގެ އޯސްޓިން ގެ މީހުން ވާތަކުގެ ފަހަތުގައި ތިބީ މިފަދަ އެތައް ސަބަބުތަކެއްގެ އިތުރުން ހަވީރުވެގެން އަންނަ ވަގުތު ވާތައް ދައްކާ ހިތްގައިމު މަންޒަރުގެ ސަބަބުންނެވެ. -- ރޮއިޓާސް