15 Oct 2017, 11:26
މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު، ގެއަށް އައިސް ރީތިކޮށް ފެންވަރާލަން ބަލާއިރު ޝޭމްޕޫ ފުޅި ހުސްވެފައި ހުރުމުން އިސްތަށިގަނޑު ނުދޮވެ ބާއްވާނެކަމެއް ނެތެވެ. ފިހާރައަކަށް ގޮސް ޝެމްޕޫ ފުޅިއެއް ފަހުން ގަނެވިދާނެއެވެ. ޝެމްޕޫ ފުޅި ހުސްވެފައި ހުރި ހާލަތެއްގައި، ނޫނީ ޝޭމްޕޫ ނެތް ވަގުތެއްގައި އިސްތަށިގަނޑު ދޮވުމަށް ގޭތެރެއިން އާންމުކޮށް ލިބެން ހުންނަ ތަކެތި ބޭނުން ކުރެވިދާނެއެވެ.
ލުނބޯ ދިޔަ:ލުނބޯ ދިޔަ ބޭނުންކޮށްގެން އިސްތަސިގަނޑު ދޮވުމުން އިސްތަށިގަނޑުގެ ވިދުން ގަދަވެއެވެ. ޝެމްޕޫ ނެތް ހާލަތުގައި ލުނބޯ ދިޔަ ބޭނުންކޮށްގެން އިސްތަށިގަނޑު ދޮންނަ އިރު ކޮންޑިޝަނާ އާއެކު ނޫނީ ކޮންޑިޝަނާ އާ ނުލައިވެސް ބޭނުން ކުރެވިދާނެއެވެ. މީރު ވަހެއް އިސްތަށިގަނޑުގައި ހަރުލުމުގެ އިތުރުން އިސްތަށިގަނޑަށް އޮމާން ކަމާއި މަޑުކަން ގެނެސްދޭނެއެވެ.
ބިހުގެ ގޮބޮޅި:
ބިހަކީ އިސްތަށިގަނޑު ވަރުގަދަކޮށްދޭ އެއްޗެކެވެ. ބޮލުގައި ބިސް އުނގުޅުމަށްފަހު އާންމުގޮތެއްގައި ޝޭމްޕޫ ލައިގެން ވަސް ކަނޑުވައިލައެވެ. ޝޭމްޕޫގެ ބަދަލުގައި ބިސް ބޭނުން ކުރުމަށް ގިނަ މީހުން ބޭނުން ނުވާނެ ސަބަބަކީވެސް އޭގައި ހުންނަ ވަހެވެ. ބިހަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ އެއްޗަކަށް ވާއިރު ބިހުގެ ގޮބޮޅި އިސްތަށިގަނޑުގައި އުނގުޅުމުން ހަލާކުވެފައި ހުންނަ އިސްތަށިތަކަށް ފަރުވާއަކަށްވެ، އިސްތަށިގަނޑު ވަރުގަދަވެއެވެ. ބިސް ބޭނުން ކޮށްގެން އިސްތަށިގަނޑު ދޮންނަ އިރު ބޮލުގެ ހަންގަނޑުގައި ބިސް އުނގުޅުނަ ނުދިނުން މުހިއްމެވެ. މީގެ އިތުރުން ބިސް އުނގުޅުމަށްފަހު، އިސްތަށިގަނޑު ދޮންނަ އިރު ހޫނުފެން ބޭނުން ނުކުރާށެވެ.ބޭކިން ސޮޑާ އަދި އެޕަލް ސިޑަރ ވިނިގަރ:
ބޭކިން ސޮޑާއަށް ފެންފޮދެއް އަޅައި ޕޭސްޓެއް ތައްޔާރުކުރާށެވެ. އިސްތަށިތަކުގެ ބުޑުގައި މި ޕޭސްޓް އުނގުޅާށެވެ. ދެން އެޕަލް ސިޑަރ ވިނިގަރއަށް ފެންފޮދެއް އެޅުމަށްފަހު އިސްތަށިގަނޑުގެ ރީތިކޮށް ތެންމާލާށެވެ. ހަލާކުވެފައި ހުންނަ އިސްތަށިތަކަށް މިއީ ފަރުވާއެކެވެ. އިސްތަށިގަނޑު ވަރުގަދަކޮށް އޮމާންކޮށްދޭނެއެވެ.މަޔޮނައިސް:
މިއީ އާންމުކޮށް ކޮންޑިޝަނާއެއްގެ ގޮތުގައި ބޭނުން ކުރާއެއްޗެއް ނަމަވެސް އިސްތަށިގަނޑުން ދާ ފިލުވާލައި، އިސްތަށިގަނޑަށް އޮފުކަން ގެނުވަން މިވަރެއް ނެތެވެ.