15 Oct 2017, 09:18
ބޮލީވުޑްގެ ކުޅަދާނަ އެއް ބަތަލާ ކަމަށްވާ ތަބައްސުމް ފާތިމާ ހެޝްމީ (ތާބޫ) އަށް މިހާރު 45 އަހަރުވެއްޖެއެވެ.
އޭނާ އަށް 45 އަހަރު ވުމުން ވެސް އޭނާ އެއްވެސް ކަހަލަ ގުޅުމަކަށް ދާކަށް ބޭނުމެއް ނޫނެވެ. އޭނާ ހުރީ އަދިވެސް އެ ރީތިކަން މަތީ ސިންގަލް ކޮށެވެ.
ތާބޫ މުހިއްމު ރޯލެއް ކުޅުނު "ގޯލްމާލް ރިޓާންސް" ރިލީޒްކުރުމަށް ތައްޔާރު ވަމުން އަންނައިރު އަކްޝޭ ކުރި ސުވާލަކަށް ޖަވާބު ދެމުން ތާބޫ ބުނީ އޭނާގެ ޒުވާންކަމާއި ރީތިކަމުގެ ސިއްރަކީ ކައިވެންޏެއް ނުކޮށް ހުރުން ކަމަށެވެ.
ތާބޫ ބުނީ އޭނާއަށް ރަނގަޅު ބައިވެރިއަކު ލިބޭތޯ މަސައްކަތް ކުރަނީކަމަށެވެ. ކައިވެންޏެއް ނުކުރެވިގެން އުޅެނީ ކަމުދާ މީހަކު ނުލިބިގެން ކަމަށް ބުންޏެވެ.
"ގޯލްމާލް ރިޓާންސް"ގައި އޭނާގެ އިތުރުން ދެން ހަރަކާތްތެރިވާނެ ތަރިންނަކީ އަޖޭ ދޭވްގަން، އަރްޝާދު ވާރްސީ، ޕަރިނިތީ ޗޯޕްރާ، ތުޝާރު ކަޕޫރެވެ.
ނަވާރަސަތޭކަ އައްޑިހަ ފަހެއްގައި ނުކުތް "ހަމް ނޯޖަވާން" އިން ކެރިއަރު ފެށިގެން ދިޔަ ބަތަލާ ވަނީ އާންމުންނަސް ކަމުދާނެ ފަދަ ގިނަ ފިލްމުތަކެއް ކުޅެދީފައެވެ.