ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.

ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް "ސަން" އަށް ވިދާޅުވީ މިރޭގެ ވަގުތެއްގައި އެމަނިކުފާނު ފުރާވަޑައިގަތީ ސިންގަޕޯ އެއާލައިންގެ ފްލައިޓަކުން ކަމަށެވެ.

"ފްލައިޓް ފުރަތަމަ ޖައްސާނީ މެލޭޝިޔާއަށް. މެލޭޝިޔާ މަގުން ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވާނީ،" އަލީމް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ އެ ދަތުރުފުޅަކީ އެމަނިކުފާނުގެ ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ބޭސްފަރުވާއަށްފަހު ހަފްތާއެއްގެ ތެރޭގައި އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.