ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުނުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގްއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތަހުނިޔާ ފޮނުއްވައިފި އެވެ.

ޗައިނާގެ ރައީސަށް ރައީސް ޔާމީން ފޮނުވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ދެގައުމުގެ ދެމެދުގައިވާ ގުޅުން ހާއްސަކޮށް ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އިތުރަށް ވަރުގަދަވެ، ހަރުދަނާ ވެފައިވާ ކަމަށެވެ.

އަދިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށްޓަ ކައި ޗައިނާއިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޓަކައި ރައީސް ޔާމީން ޗައިނާ އަށް ޝުކުރު އަދާކުރެއްވި އެވެ.

"ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމްވެފައިވާ ގާތް ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރަން،" ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރު 1972 ވަނަ އަހަރުގަ އެވެ.