ހުކުރު ދުވަހުގެ ރޭ މާލޭގައި ތިން ބިދޭސީއަކު މާރާމާރީއެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަނަވަރީ މަގުގައި ތިން ބިދޭސީއަކު މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެ މާރާމާރީ ހިންގީ ތޫނު އެއްޗެއް ބޭނުންކޮށްގެންތޯ ނުވަތަ އެނޫން ގޮތަކަށްތޯ ވެސް ފުލުހުން ނުބުނެއެވެ.