ބޭނުންވާނެ ތަކެތި

6 ފޮތި ޕާން
1 ފިޔާ )ވަރަށް ހިމުންކޮށް ކޮށާފައި)
2 ސައިސަމުސާ މުގުރި އަސޭމިރުސް
1 ޖޯޑު ވަރަށް ހިމުންކޮށް ކޮށާފައިހުރި ބޯންލެސް ޗިކަން
1 ލުނބޯ
1 ރޯމިރުސް )ހިމުންކޮށް ކޮށާފައި(
މެޔޮނައިސްކޮޅެއް )ރަހަލާވަރަށް)
ބަޓަރުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ޕާންފޮތިތަކުގައި ތުނިކޮށް ބަޓަރުހާކާލާފައި ބަހައްޓާށެވެ. ދެން ތަވާ އުދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއްއަޅާލާފައި ހޫނުވީމާ ފިޔާކޮޅާއި މިރުސްކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ މަސް، އަދިލޮނުކޮޅު އެއްކޮށްފައި މަސް ރޯފިލަންދެން މަޑު ގިނީގައި ދޭފަތުން ހަލަމުންދާށެވެ. ރޯފިލުމުން އުދުންމަތިން ބާލާފައި މެޔޮނައިސް އާއި އަސޭމިރުސް އެއްކޮށްފައި މޮޑެލާށެވެ. ދެން ޕާންފޮތިތަކަށް މަސްއަޅާފައި ތަތްކޮށްފައި ކައިރި ކަފާލާށެވެ.