16 Oct 2017, 11:34
ޏ. އަތޮޅު ހޮސްޕިޓަލްގައި ފިޒިއޯތެރަޕީގެ ޚިދުމަތްދޭން ފަށައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލްގެ ފިޒިއޯތެރަޕީ ޑިޕާޓްމަންޓް ހުޅުވައިދެއްވީ ހާފިޒް އަހުމަދު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒެވެ.
ފިޒިއޯތެރަޕީ ޑިޕާޓްމަންޓުން ދޭ ޚިދުމަތްތައް
އަލްޓްރާ ސައުންޑް ސާވިސަސް
- ޓްރެކްޝަން
- އިންފްރާރެޑް ތެރަޕީ
- ސްޓިމިއުލޭޓަރ އަދި އިންޓްރާ ފެރެންޝިއަލް ތެރަޕީ
- މަސްގަނޑަށް ލިބޭ ގެއްލުންތަކަށް ފިޒިއޯތެރަޕީ ދިނުން
- ސްޓްރޯކްގެ ބަލިތަކަށް ދެވޭ ފަރުވާ

ޏ. އަތޮޅު ހޮސްޕިޓަލްގައި ފިޒިއޯތެރަޕީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޏ. އަތޮޅު ހޮސްޕިޓަލް
ޏ. އަތޮޅު ހޮސްޕިޓަލަކީ ލެވެލް 2 ގެ ޓާޝަރީ ހޮސްޕިޓަލެކެވެ. ސްޕެޝަލިސްޓުންގެ ޚިދުމަތް ދޭ އެ ހޮސްޕިޓަލުން ލެބޯޓަރީގެ ޚިދުމަތް ވެސް ލިބެއެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވީ އެއީ 12000 މީހުންގެ އާބާދީއަކަށް ޚިދުމަތް ދެވޭ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގައި ފިޒިއޯތެރަޕީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޏ. އަތޮޅު ހޮސްޕިޓަލް
އެ ހޮސްޕިޓަލްގައި އަންހެނުންގެ ޚާއްސަ ބަލިތަކާއި ކަށީގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި ލޮލުގެ ޑޮކްޓަރުން ޚިދުމަތްދެއެވެ.