12 Oct 2017, 09:13
ޑުބާއީ އިން ފުރައިގެން ޖަރުމަންވިލާތުގެ މިއުނިކް އަށް ދަތުރުކުރަމުން ދިޔަ އެމިރޭޓްސްގެ ފްލައިޓެއްގެ ތެރޭގައި މީހަކު މަރުވުމާ ގުޅިގެން އެމަޖެންސީގައި ޖައްސައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި ހާދިސާ އާ ގުޅިގެން އެމިރޭޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުބާއީ އިން ފުރައިގެން މިއުނިކް އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރޭ މީހަކު މަރުވުމާ ގުޅިގެން އެމަޖެންސީގައި ފްލައިޓް ކުވެއިތަށް ޖައްސާފައިވާ ކަމަށެވެ. އެވަގުތު ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އެމަޖެންސީ ޑޮކްޓަރާ ހަވާލާދީ އެމިރޭޓްސްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފްލައިޓް ޖެއްސި އިރު ވެސް އެމީހާ މަރުވެފައިވާ ކަމަށެވެ.
ކުވައިތަށް އެ މީހާ ބޭލުމަށް ފަހު، އީކޭ049 ފްލައިޓް މިއުނިކް އަށް ގޮސްފައި ވަނީ ކުރިން ޝެޑިއުލް ކޮށްފައިވާ ވަގުތަށް ވުރެ ދެގައިޑިއިރާއި ބައިގެ ފަހުން ކަމަށް ހަބަރުތައް ބުނެ އެވެ.
އެމިރޭޓްސް އިން ވަނީ މަރުވި މީހާގެ އާއިލާ އަށް ތައުޒިޔާ ފޮނުވައިފަ އެވެ. ފްލައިޓްމަތީ މަރުވި މީހާ އަކީ ކިހާ އުމުރެއްގެ އަދި މަރުވާން ދިމާވީ ކީއްވެން ފަދަ އެއްވެސް މައުލޫމާތެއް ހާމަ ކުރުމަށް އެމިރޭޓްސް އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
މަސްދަރު: ދަނޭޝަނަލް