11 Oct 2017, 09:25
"ރޭސް3"ގައި މުހިއްމު ރޯލަކުން އަމީތާބް ބައްޗަން ފެނިގެން ދާކަމަށް ވަނީ އަޑުއަރާފައެވެ.
ނަަމަވެސް އަމީތާބް ކުޅުމަށް ހަމަޖެހިފައިވާ ރޯލު ކުޅެން މިހާރު ހަމަޖެހިފައިވަނީ އަދިތުޔާ ޕަންޗޯލީ އެވެ.
ފިލްމު ކުޅެން ހުށަހެޅުމުން އަމީތާބް ވަނީ ފިލްމަށް ނޫނެކޭ ބުނެފައެވެ. ސަބަބަކީ ފިލްމުގެ ޝޫޓިންގް އޮންނަ ދުވަސްވަރު އޭނާ އެހެން ފިލްމެއްގެ ޝޫޓިންގްގައި އުޅެން ޖެހޭތީކަމަށް އަމީތާބް ބުންޏެވެ.
އޭނާ ބުނީ އެ ދުވަސްވަރަކީ "ޖަންޑް"ގެ ޝޫޓިންގް ހަމަޖެހިފައިވާ ދުވަސްވަރުކަމުން "ރޭސް3" އަށް ނޫނެކޭ ބުނަން މަޖުބޫރުވީ ކަމަށެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ، ވަރުން ދަވަން ލައްވާ މެހެމާނެއްގެ ރޯލު އަދާކުރުވަން ބޭނުންވާކަމަށާއި އަދި އެ ފުރުސަތު އޭނާއަށް ހުށައެޅުމުން ވަރުން ވަނީ އެ ރޯލަށް އެއްބަސްވެސްވެފައިކަމަށެވެ.
ފިލްމުގައި ޖެކްލީންގެ އިތުރުން ސަލްމާން އަދި ޑެއިޒީ ޝާހް ވެސް ފެނިގެން ދާނެއެވެ.
"ރޭސް 3" އަކީ ކޯރިއޯގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރާ ފިލްމެކެވެ.